ކުޅުދުއްފުށި ސިޓީއާއި ނޮޅިވަރަމް މޮނިޓަރިންގެ ހާލަތަށް ގެންގޮސްފިއެވެ.
އެޗްޕީއޭއިން ބުނެފައިވަނީ އެ ދެރަށް މޮނިޓަރިން އަށް ލާފައިވަނީ މާލެ ދަތުރުކުރާ ބޯޓެއްގެ މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވުމުން ކަމަށެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި ޕޮޒިޓިވްވެފައިވަނީ މިއަދު މާލެއިން ކުޅުދުއްފުއްޓަށް އައި "ފާޅު ބޯޓްގެ" ކެޕްޓަނެވެ.
އެ ދެރަށް މޮނީޓަރިންގެ ޙާލަތަށް ގެނައުމަށް ނެރެފައިވާ އަމުރުގައިވާ ގޮތުން 25 ސެޕެޓެންބަރު 2020 ވަނަ ދުވަހުގެ ރޭގަނޑު 20:45 އިން ފެށިގެން އެ ދެރަށަށް މީހުން އެރުމާއި، އެ ދެރަށުން މީހުން ފޭބުންވަނީ މަނާކޮށްފައެވެ. އެޗްޕީއޭ އިން ބުނެފައިވަނީ އެ ދެ ރަށް މޮނިޓަރިންއަށް ލާފައިވަނީ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ނިމެންދެން ކަމަށެވެ.
ކުޅުދުއްފުށި ސިޓީ މޮނީޓަރިންގެ ޙާލަތަށް މިރޭ ގެނެސްފައިވާއިރު މާދަމާ ފަތިހުގެ ވަގުތެއްގައި އިންޑިޔާގެ ކޮޗިންއާއި ކުޅުދުއްފުށްޓާއި ދެމެދުގައި ދަތުރުކުރާ މުދާ ފެރީ ކުޅުދުއްފުށީގައި ބަނދަރު ކުރާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. އަދި އެކަމަށްޓަކައި ސަރުކާރުން ގެންދަނީ ޚާއްސަ ތައްޔާރީތަކެއް ވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު