އައްޑޫސިޓީ ކައުންސިލް އެކުލެވިފައިވާ ގޮތަށް ބަދަލު ގެނައުމާމެދު އައްޑޫގެ 3 އަވަށެއްގެ ރައްޔިތުންގެ ޚިޔާލު ހޯދުމަށް ނެގި ވޯޓާއި ގުޅިގެން އީސީގެ ކޮމްޕްލަޔަންސް ބިއުރޯގައި އެއްވެސް ޝަކުވާއެއް ރަޖިސްޓްރީކޮށްފައި ނުވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.
އީސީން ބުނީ އިއްޔެ ކުރިއަށްދިޔަ އައްޑޫ ވޯޓުގެ ކަންތައްތައް ކުރިއަށް ގޮސްފައިވަނީ ވަރަށް އޮމާންކޮށް ކަމަށާއި، ވޯޓާއި ގުޅިގެން ކޮމްޕްލަޔަންސް ބިއުރޯގައި އެއްވެސް ޝަކުވާއެއް ރަޖިސްޓްރީކޮށްފައިނުވާ ކަމަށެވެ. އަދި ވޯޓު ކުރިއަށްދިޔަ ވަގުތު ހުރިހާ ފަރާތްތަކުންވެސް އީސީއަށް ފުރިހަމަ އެއްބާރުލުން ދީފައިވާކަން ކޮމިޝަނުން ފާހަގަ ކޮށްފައިވެއެވެ.
އީސީން މިކަން ހާމަކޮށްފައިވާއިރު އައްޑޫގެ 3 ރަށުގައި އިއްޔެ ނެގި ވޯޓުގައި ފޭދޫގެ 1782 މީހުންް ވޯޓު ދިނީ ސިޓީ ކައުންސިލާއެކު ދެމިތިބުމަށެވެ. އަދި ސިޓީކައުންސިލުން ވަކިވުމަށް ވޯޓު ދީފައިވަނީ، 615 މީހުންނެވެ. ފޭދޫ ވޯޓުގައި ބައިވެރިވީ ވޯޓުލުމުގެ ޙައްޤު ލިބިފައިވާ 55.43 އިންސައްތަ ރައްޔިތުންނެވެ.
އިއްޔެގެ ވޯޓުގައި ހުޅުދޫ އާއި މީދޫ ވޯޓުގައި ވޯޓުލުމުގެ ޙައްޤު ލިބިފައިވާ ޖުމްލަ އަޣުލަބިއްޔަތު ރައްޔިތުން ވޯޓު ދީފައެއް ނުވެއެވެ. އެގޮތުން މީދޫ އައްޑޫ ސިޓީން ވަކިވުމަށް ނެގި ވޯޓުގައި ބައިވެރިވީ 42.80 އިންސައްތަ ރައްޔިތުންނެވެ. އަދި ހުޅުދޫގެ ވޯޓުގައި ބައިވެރިވެފައިވަނީ، 37.32 އިންސައްތަ ރައްޔިތުންނެވެ.
އޭގެތެރެއިން މީދޫގައި ވަކި ކައުންސިލެއް އުފެއްދުމަށް 841 މީހުން ވޯޓުލާފައިވާއިރު، ހުޅުދޫގައި ވަކި ކައުންސިލެއް އުފެއްދުމަށް 720 މީހުން ވޯޓު ދީފައިވެއެވެ.
އައްޑޫގެ މި 3 ރަށުގައި ވޯޓުލުމުގެ ޙައްޤު ލިބިފައިވާ ޖުމްލަ 9576 މީހުން ތިބޭއިރު އޭގެތެރެއިން ވޯޓުގައި ބައިވެރިވީ 4513 މީހުންނެވެ. އެއީ، އެއީ ވޯޓުލުމުގެ ހައްގު ލިބޭ މީހުންގެ 47.1 ޕަސެންޓެވެ.
އީސީން ބުނީ މި ރެފަރެންޑަމްގެ ދާއިމީ ނަތީޖާ އިޢުލާންކުރުން އޮންނާނީ މިއަދުގެ ވަގުތެއްގައި ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު