މާފަންނު މެދު ދާއިރާގެ މެމްބަރު މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ)
މާފަންނު މެދު ދާއިރާގެ މެމްބަރު މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ)
ގާނޫނުގައި ބުނާ މަސްއޫލިއްޔަތުތައް އަދާ ނުކުރާ ކަމަށް ބުނެ، ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ)ގެ މައްސަލައެއް މަޖިލީހަށް ހުށަހަޅައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ސަރުކާރު ކުންފުނިތަކާ ބެހޭ ކޮމިޓީ (އެސްއޯއީ) އަށް އެ މައްސަލަ ހުށައަޅުއްވާފައިވަނީ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) އެވެ. އޭނާ މައްސަލަ ހުށައެޅުއްވީ ދައުލަތުގެ ވިޔަފާރި ތަންތަން މޮނިޓާކޮށް އިވެލުއޭޓު ކުރުމުގެ ގާނޫނުން ޕީސީބީ ބޯޑަށް މަތިކޮށްފައިވާ ގާނޫނުގައި ބުނާ ގޮތަށް އަަމަލު ކުރަމުންދޭތޯ ބަލާ ކަށަވަރުކުރުމަށެވެ.

ބައެއް މީޑިޔާ ތަކަށް މައުލޫމާތު ދެއްވަމުން މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވީ، ސަރުކާރު ކުންފުނިތަކާއިމެދު ކޮރަޕްޝަންގެ ތުހުމަތުތައް އިންތިހާއަށް ކުރެވެމުންދާއިރު ޕީސީބީގެ ޒިންމާ އަދާ ނުކުރެވޭ ކަމަށެވެ. 2013 ވަނަ އަހަރު އެކުލަވާލި ބޯޑުން ގާނޫނުގައިވާ ގޮތަށް ކަންކަން ނުހިނގައިގެން 19 ވަނަ މަޖިލީހުން ޕީސީބީގައި ތިބި ފަރާތްތައް ވަކިކޮށް، އަލުން އެކުލާވާލި ބޯޑުވެސް ވަރަށް ބޮޑަށް ކޮރަޕްޝަން ހުއްޓުވުމަށް ނުކުޅެދިފައިވާ ކަން އޭނާ ފާހަގަ ކުރެއްވިއެވެ.

"ކޮރަޕްޝަން ހުއްޓުވުމަށް ޕީސީބީއަށް އެއްގޮތަކަށްވެސް މަސައްކަތެއް ނުކުރެވޭ. ދައުލަތުގެ ވިޔަފާރިތައް ބެލެހެއްޓުމުގެ ޒިންމާ ބޯޑާ ހަވާލެވެފައިވާއިރު، އެ ބޯޑު މިއޮތީ ވަރަށް ބޮޑަށް އިހުމާލުވެފައި. މިއީ ސަރުކާރު ހުރިހާ ކުންފުނިތަކުގެ މަދަ ބޯޑު." މީޑިޔާ އަށް މައުލޫމާތު ދެއްވަމުން ބޮންޑޭ ވިދާޅުވިއެވެ.

ބޮންޑޭ ހުށަހެޅުއްވި މައްސަލައިގައި ދައުލަތް ހިއްސާވާ ކުންފުނިތަކުގެ ޕްރޮކިއުމެންޓް ސިޔާސަތު ހިންގުމުގެ ގަވާއިދުތައް އެކުލަވާލާ އާންމު ކޮށްފައިވޭތޯ ޕީސީބީން ބަލާ ކަށަވަރު ކުރޭތޯއާއި ގާނޫނުގައި ބަޔާންކުރާ އެއްވެސް ގަވާއިދެއް އެކުލަވާ ނުލާ ވޭތޯ ބޯޑުން ބަލާތޯ އާއި ކުންފުނިތަކުގެ ޔައުމިއްޔާ ރެކޯޑިންތައް ބެލެއްޓިފައިފައިވޭތޯ ކަށަވަރު ކުރުމަށާއި އަދި ސަރުކާރު ކުނފުނިތައް މޮނިޓާ ކުރުމުގައި ބައިނަލްއަގްވާމީ ބެސްޓް ޕްރެކްޓިސްއާއި އެއްގޮތަށް ބޯޑުން އަމަލު ކޮއްފައިވޭތޯ ބަލައި ދިނުމަށް ވަނީ އެދިވަޑައިގެންފައެވެ.

ޕީސީބީ އަކީ، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޯޑަށް ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ މެންބަރުން ބޯޑަށް ހަމަޖެއްސުމުގެ މަސައްކަތްތައްކޮށް ކުންފުނިތައް މޮނީޓާކުރާ ބޮޑީއެކެވެ. ޕީސީބީގެ އާ ބޯޑު އެކުލަވާލި މިއަހަރު ކުރީކޮޅުއެވެ. އޭގެ ކުރިން ތިއްބެވި މެމްބަރުން ވަކިކޮށް އާ މެމްބަރުން އައްޔަންކޮށްފައިވަނީ މަޖިލީހުން މެމްބަރުން ވަކި ކުރުމަށް ދިން ލަފަޔަކާއި ގުޅިގެންނެވެ.

 


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން