ފުލުހުން ހައްޔަރުކުރި 3 މީހުން
ފުލުހުން ހައްޔަރުކުރި 3 މީހުން
މާލޭގައި ފުޅާ ދާއިރާއެއްގައި ބަނގުރަލުގެ ވިޔަފާރި ކުރަމުންދާ ކަމުގެ ތުހުމަތުގައި ހުޅުމާލެ ފޭސް އެކަކުން 3 ބިދޭސީން ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ، މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ އެމްޑީ ރިޔާސް އުއްދީން (19އ)، އެމްޑީ އަޝްރަފުލް އަލަމް (27އ) އަދި ޕާކިސްތާނަށް ނިސްބަތްވާ ޔާސިރް ހަމީދު (24އ) ކަމަށެވެ.

މި 3 މީހުން ވެސް ހައްޔަރުކޮށްފައި ވަނީ ރޭ ދަންވަރުގެ ވަގުތެއްގައި ހުޅުމާލެ ފޭސް 1ގައި ފުލުހުން ރަށުތެރެ ޕެޓްރޯލް ކުރުމުގެ ތެރޭގައި އެމީހުން ގެންގުޅުނު ފޮށިގަނޑުތައް ބަލައި ފާސް ކުރުމަށް ފަހުއެވެ.

އެގޮތުން ބަލައި ފާސްކުރުމުގެ ތެރޭގައި ބަނގުރާ ކަމަށް ބެލެވޭ އެއްޗެއްހުރި 500 އެމްއެލްގެ 232 ފުޅި ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. އަދި އެތަނުން އެކަކު ދިރިއުޅޭ އެޕާޓްމަންޓު ބަލައި ފާސްކުރިއިރު ބަނގުރާ ކަމަށް ބެލެވޭ އެއްޗެއް ހުރި 500 އެމްއެލްގެ 49 ފުޅި ފެނިފައިވާ ކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.

ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް