އިގްތިސާދީ ގޮތުން މިހާ ދަތި ދުވަސްވަރެއްގައި، ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުނުކުރެވޭނަމަ ވަރުވަރުން މަގާމުތަކަށް މީހުން ލައިގެން، ރައްޔިތުންގެ ޓެކްސްފައިސާއިން އިސްރާފުކުރުމުގެ ބޭނުމަކީ ކޮބާތޯއޭ ވިދާޅުވެ އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން ސުވާލު ކުރައްވައިފިއެވެ.
އިމްރާން މިހެން ވިދާޅުވެފައި މިވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލަށް ވަންނަން ދިޔަ ބޭންކެއްގެ ދެ މުވައްޒަފަކަށް ވަޅިން ބިރުދައްކައި، ގިނަޢަދަދެއްގެ ފައިސާ ހުރި ސޫޓްކޭހެއް ފޭރިގެންފައިވާ މައްސަލައެއްް މިއަދު ފެންމަތިވުމާ ގުޅިގެންނެވެ.
މިކަމާ ގުޅިގެން އެކްސްގައި ހިއްސާކުރި ޕޯސްޓުގައި އިމްރާން ވިދާޅުވީ މިފަދަ ކަންކަމަކީ ސިޔާސީ ކަންކަމަށްވުރެ ފުން ކަންކަން ކަމަށެވެ.
"ރާއްޖޭގެ ބައިނަލްއަޤުވާމީ ބަނދަރުތަކުގެ ސަލާމަތާ ރައްކާތެރިކަން މިވަގުތު ކަށަވަރެއްނޫން" އިމްރާން ވިދާޅުވިއެވެ.
އިމްރާން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިންފެށިގެން ސަލާމަތާ ގުޅުންހުރި ޕޯޓްފޯލިއޯތަކުގައި ތިބި ވަޒީރުންނާއި އެހެން މައްސޫލުވެރިން ފަރުދީ ހައިސިއްޔަތުން މަޤާމުގެ މައްސޫލިއްޔަތު އަދާކުރުމުގައި އިހުމާލުވެ، ފެއިލް ވެފައިވާ ކަމަށެވެ.
ޖިނާއީ އަދުލުގެ ނިޒާމު ހިންގުމުގެ ބަދަލުގައި އަދުލުގެ ނިޒާމު ހިންގަންތިބި ވެރިން ތިބީ ކޮންމެވެސް ބައެއްގެ ކުށުގެ ރިކޯޑު ނައްތާލަންކަން ފާހަގަކުރަމުން އިމްރާން ވިދާޅުވީ މިއީ ބިރުވެރިކަމެއް ކަމަށެވެ.
މިކަން މިހެން މިވަނީ ސިޔާސީ ބޭނުމުގައި ތަސައްރަފެއް ތަނެއްދޮރެއް ބެލުމެއްނެތި ގައުމުގެ ކްރިޓިކަލް އިންފްރާސްޓްރަކްޗަރ ހިމެނޭ ކުންފުނިތަކުން އެއްވެސްކަހަލަ ސްކުރޫޓިނީއެއްނެތި ވަޒީފާދެމުންދާތީ ކަމަށެވެ.
ގައުމުގެ ހާލަތު މިހާ ގޯސްވެފައިވާއިރު، ދައުލަތެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާއަށް ލަފާއަރުވަން އޮންނަ ގައުމީ ސަލާމަތާ ބެހޭ މަޖިލީހާ، މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީއާއި ނެޝަނަލް ސެކިއުރިޓީ އެޑުވައިޒަރާއި މިފަދަ މީހުންގެ ބޭނުމަކީ ކޮބައިތޯ ވިދާޅުވެ އިމްރާން ވަނީ ސުވާލުކުރައްވާފައެވެ.
"ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރުނުވާ ނަމަ ވަރުވަރުން މީހުން ލައިގެން އިގްތިސާދީ ގޮތުން ދަތި ދުވަސްވަރެއްގައި ރައްޔިތުންގެ ޓެކްސްފައިސާއިން އިސްރާފުކުރުމުގެ ބޭނުމަކީ ކޮބާ؟" އިމްރާން ސުވާލުކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު