ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގެ އިޤްތިޞާދަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކާ ކުދި ވިޔަފާރިތައް ހިމާޔަތްކޮށް ކޮޅަށް ޖެހުމަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވާ މަސައްކަތަށް ޝުކުރު ހައްގު ކަމުގައި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ އިޤްތިސާދަށް ބޮޑު ހީނަރުކަމެއް އައިސްފައިވާ މިދަނޑިވަޅުގައި ކުދި ވިޔަފާރިތައް ހިމާޔަތްކޮށް ކޮޅަށް ޖެހުމަށް ރައީސުލްޖުމްހޫރިއްޔާ އިސްވެ ހުންނަވައިގެން ކުރައްވާ މަސައްކަތަށް ޝުކުރުރު އަދާކުރަށްވައި ޝަރީފް ވިދާޅުވީ އަދިވެސް ކުދި ވިޔަފާރިތައް ކޮޅަށް ޖެހުމަށް ކުރަންޖެހޭ މަސައްކަތްތައް ގިނަ ކަމަށެވެ.

އާންމުންގެ ދިރިއުޅުން އަނބުރާ އިޔާދަ ކޮށްދިނުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ސަރުކާރުން ތައްޔާރަށް ތިބެންޖެހޭއިރު، ގައުމުގެ އިގްތިސޯދު އަލުން ކޮއްޅަށްޖަހައި ވަޒީފާތައް އިތުރުކޮށް ވަޒީފާތައް ހިމާޔަތް ކުރަން މަސައްކަތް ކުރަން ޖެހޭކަމީ މިއަދު ފެންނަން އޮތް ހަގީގަތްކަމަށް ޝަރީފް ވިދާޅުވިއެވެ. މިކަންކަމަށް ހައްލު ހޯދުމަށް ސަރުކާރުގެ އިދާރާތަކުން ގުޅިގެން ކުރަމުންދާ މަސައްކަތުގައި ނަތީޖާތަކެއް ފެންނަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ މިދަނޑިވަޅުގައި އިގްތިސާދު ކުރިއަރުވާ ދެމެހެއްޓުމަށް ފިސްކަލް އަދި މަނިޓަރީ ސިޔާސަތުތައް ސަރުކާރުން ވަރުގަދަކުރަންޖެހޭކަމަށެވެ. އަދި ސަރުކާރުގެ އެކި އިދާރާ ތަކުގެ ސިޔާސަތުތަކަކީ އެއްގޮތަކަށް ފަރުމާ ކުރެވި، ހަރުދަނާ މަގްސަދުތަކެއް ހިމެނޭ ސިޔާސަތުތަކަކަށް ހަދަންޖެހޭ ކަމަށެވެ.

ރާއްޖޭގެ ސިޔާސީ ވެރިން ރާއްޖޭގެ މިހާރުގެ އިގްތިސާދުގެ ހާލަތު ދެނެގަނެ، ރާއްޖޭގެ ސިޔާސީ ދާއިރާ ވަރުގަދަ ކުރުމަކީ އިގްތިސާދު ވަރުގަދަ ކުރުމަށް އެޅޭ ފިޔަވަޅެއް ކަމަށް ގަބޫލުކުރަންޖެހޭކަމަށްވެސް ޝަރީފް ވަނީ ފާހަގަކުރައްވާފައެވެ. އަދި ސިޔާސީ ގޮތުން ކުއްލި ކުއްލިއަށް ބަދަލު ގެނައުމަކީ އިގްތިސާދަށް ކުރިމަތިވާނެ އިތުރު ގެއްލުމަކަށް ވުން އެކަށީގެންވާ ކަމަށް ޝަރީފް ވިދާޅުވިއެވެ.

"ކުއްލިއަކަށް ދިމާވާ ހާލަތްތަކުގައި ބޮޑެތި ބަދަލުތަކެއް އައުން އެކަށީގެންވާކަން ގަބޫލު ކުރަން ޖެހޭ. ސަރުކާރުން މަސައްކަތް ކުރަން ޖެހޭނީ އަވަހަށް ފައިސާގެ އެހީތެރިކަން ހޯދައި، ގައުމުގެ އިގްތިސާދު އަލުން ކުރިއެރުވުމަށް ކުރަންޖެހޭ މަސައްކަތް ކުރުމަށް. މިއީ ގައުމަށް އެތެރެވާ ފައިސާ އާއި، ގައުމުގެ ހަރަދުތައް އަޅާކިޔާ ގޮތްނިންމާ ދެރަވާންވީ ވަގުތެއް ނޫން." ޝަރީފް ވިދާޅުވި އެވެ.

ކޯވިޑް19އާ ގުޅިގެން ކުދި ވިޔަފާރިއާއި މެދުފަންތީގެ ވިޔަފާރިތަކަށް އެހީވުމަށް އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން، އެސް.ޑީ.އެފް.ސީން މިހާތަނަށް 1427 ފަރާތަކަށް ވަނީ ލޯނު ދޫކޮށްފައެވެ. އަދި 1643 ފަރާތަކަށް ލޯނު ދޭން ނިންމާފައިވާކަމަށް އެސްޑީއެފްސީން ވަނީ ހާމަކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން