ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް ތެރެއިން ބޭންކްގެ ފައިސާ ދަބަސް ފޭރިގަނެގެން ފިލިކަމަށް ތުހުމަތުކުރެވޭ 4 މީހުންގެ ބަންދަށް 5 ދުވަސް ކޯޓުން ޖަހައިފިއެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލަށް ވަންނަން ދިޔަ ބޭންކެއްގެ ދެ މުވައްޒަފަކަށް މޫނު ނިވާކޮށްގެން ތިބި ބަޔަކު ވަޅިން ބިރުދައްކައި، ގިނަޢަދަދެއްގެ ފައިސާ ހުރި ސޫޓްކޭހެއް ފޭރިގެންފައިވާ މައްސަލައެއްް ފުލުހުންނަށް ރިޕޯޓު ކޮށްފައިވަނީ އިއްޔެ ފަތިހު 4:45 ހާއިރުއެވެ. ފޭރުނު މީހުން އެއަރޕޯޓަށް ގޮސްފައިވަނީ ކާރެއްގައި ކަމަށްވެއެވެ.
ފުލުހުން އިއްޔެ ބުނީ އެއަރޕޯޓުން ފޭރުމަށްފަހު ފިލަން ބޭނުންކުރި ކަމަށް ބެލެވޭ ލޯންޗު ހޯދައި، ތުހުމަތުވާ ހަތަރު މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ. އެމީހުން ހައްޔަރުކުރީ ކ. ހުރައިންނެވެ. ނަމަވެސް، ގެއްލުނު ފައިސާ ހޯދުނު ކަމެއް ނުވަތަ ނޫން ކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
ފުލުހުން މިއަދު ބުނީ، ހައްޔަރުކުރި ހަތަރު މީހުންގެ ބަންދަށް ވެސް ކޯޓުން މިއަދު ފަސް ދުވަސް ޖަހާފައިވާ ކަމަށެވެ. ނަމަވެސް އެމީހުންގެ ވަނަވަރު ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
ހަމައެއާއެކު ފުލުހުންވަނީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ޓާމިނަލަށް ވަންނަން ދިޔަ ބޭންކްގެ ދެ މުވައްޒަފުން ފައިސާ ދަބަސް އުފުލުމުގައި ފުލުހުންގެ ސެކިއުރިޓީ ބޭނުންކޮށްފައި، ނުވާކަމަށްވެސް ބުނެފައެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި ވަޅިން ބިރުދެއްކުމަށްފަހު ފޭރިގަތް ދަބަސްތަކުގައި ހުރީ، އެއަރޕޯޓުން ފުރަންދާ ފަސެންޖަރުންނަށް ބޭންކުން ދޫކުރުމަށް ހުރި ލައްކައަކަށްވުރެ ގިނަ ޑޮލަރެވެ. އަދި ހުރާގެ ގެސްޓުހައުސަކަށް އިއްޔެ އައި ބަޔަކު ގިނަ އަދަދެއްގެ ޑޮލަރުތަކެއް ގެންގުޅޭ މަންޒަރު އެތަނުގެ ސީސީޓީވީއަށް އަރާފައިވާ ކަމަށް ބުނާ ޚަބަރުވެސް މީޑިއާގައި މިހާރު ދަނީ ދައުރުވަމުންނެވެ.
ނަމަވެސް މިކަންކަން ފުލުހުން ކަށަވަރު ކޮށްދީފައެއް ނުވެއެވެ. ފުލުހުން ބުނީ، މި މައްސަލައާ ބެހޭގޮތުން އިތުރު މައުލޫމާތު ފަހުން ހާމަކުރާނެ ކަމަށާއި، މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު