ރާއްޖެއަށް ވަގަށް ސިނގިރޭޓު އެތެރެކުރި މައްސަލާގައި މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ޑެޕިޔުޓީ ކޮމިޝަނަރ އޮފް ކަސްޓަމްސް ގެ މަޤާމުގައި ތިއްބެވި 2 ބޭފުޅަކު މަގާމުން ވަކި ކޮށްފިއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވީ "ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑް"ގެ ތެޔޮ ބޯޓެއްގައި ޤާނޫނާއި ގަވާއިދާ ޚިލާފަށް ދިވެހިރާއްޖެއަށް ސިނގިރޭޓް ކާޓޫނުތަކެއް އެތެރެކޮށްފައިވާ މައްސަލައާއި، ބޮންޑެޑް ވެއަރހައުސްއެއްގައި ހުރި ސިނގިރޭޓް ކާޓޫނުތަކެއް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް ނޭނގި ޤާނޫނާއި ގަވާއިދާ ޚިލާފަށް އެ ބޮންޑެޑް ވެއަރހައުސްއިން ނެރެފައިވާ މައްސަލައާ ގުޅިގެން މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީން މި މައްސަލަ ދިރާސާކުރުމަށްފަހު އެކަމާ ގުޅޭގޮތުން ރައީސަށް ސިޓީއެއް ފޮނުއްވާފައިވާ ކަމަށެވެ.
އަދި އެސިޓީއަށް ރިއާޔަތްކޮށް ކަސްޓަމްސްގެ ދެ ޑެޕިއުޓީން މަގާމުން ވަކިކޮށް، އިތުރު 3 މުވައްޒަފަކާއި ގުޅޭގޮތުން އަޅަންޖެހޭ ފިޔަވަޅު އެޅުމަށް ކަސްޓަމްސްއަށް ދަންނަވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
މި މައްސަލަތަކުގެ ތެރެއިން ހޯކްސް ކުންފުނީގެ ބޯޓެއްގައި ވަގަށް ސިނގިރޭޓު އެތެރެކުރި މައްސަލާގައި ކަސްޓަމްސުން ބުނެފައިވަނީ އޮކްޓޯބަރު 25 ގައި ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ތިލަފުށިން 8475 ސިނގިރޭޓު ކާޓޫން އަތުލައިގަތް ކަމަށާއި، މި ސިނގިރޭޓުތައް ރާއްޖެއަށް ގެނެސްފައިވަނީ ހޯކްސް ޕްރައިވެޓް ލިމިޓެޑުގެ އެޖެންޓުކަމުގެ ދަށުން އެ ކުންފުނީގެ ތެޔޮ ބޯޓެއްގައި ކަމަށެވެ.
އަދި ބޮންޑެޑް ވެއަރހައުސްގައި ހުއްޓައި ގެއްލިފައިވަނީ، އެގްޒޮޓިކް އެންޓަޕްރައިސަސްއިން ރާއްޖެ އެތެރެކުރި ފޭކް ސިނގިރޭޓްތަކެކެވެ. އެގޮތުން 180 ކޭސް ކެމަލް ޔެލޯ ސިނގިރެޓާއި 300 ކޭސް މެންޗެސްޓާ ޔުނައިޓެޑް ރޯޔަލް ރެޑް ފިލްޓާ ސިނގިރޭޓް އަދި 100 އެމެރިކަން ލެޖެންޑު ސިނގިރޭޓް، ރާއްޖެ އެތެރެކޮށް އެގްޒޮޓިކް އެންޓަޕްރައިސަސްގެ ބޮންޑެޑް ވެއާހައުސްއެއްގައި ބަހައްޓާފައި ވަނިކޮށް 15 ކޭސް ކެމަލް ޔެލޯ ސިނގިރޭޓް ފިޔަވައި އެހެން ސިނގިރޭޓްތައް ގެއްލިފައިވެއެވެ.
މި މައްސަލަތައް 241 ކޮމިޓީން ދިރާސާކޮށް ކޮމިޓީ ރިޕޯޓު ތަޅުމަށް އިއްވީ މި ހަފްތާގެ ހޯމަ ދުވަހު އެވެ. ކޮމިޓީ ރިޕޯޓުގައި ވަނީ، ކަސްޓަމްސްއަށް ހުށަހެޅޭ އިންވޮއިސްތަކުގައި ހިމަނާ އަގުތައް އޮޅުވާލާ ކަމަށާއި، އެކަމުގެ ސަބަބުން ދައުލަތަށް ލިބެން ޖެހޭ އާމްދަނީ މަދުވަމުން ދާއިރު ވެސް އެކަން ހައްލު ކުރުމުގެ މަސައްކަތް ކޮށްފައިނުވާ ކަމަށެވެ.
އަދި ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި ކަސްޓަމްސްގެ 21 މުވައްޒަފެއްގެ އެކައުންޓުތަކުން 400 މިލިއަނެއްހާ ދިވެހި ރުފިޔާ ދައުރުވެފައިވާ ކަމަށާއި އެކަމުގެ ތަހުގީގު ކުރިއަށްދާ ކަމަށް ރިޕޯޓުގައިވެ އެވެ. އަދި ދިވެހި ޕޯޓުތަކަށް އެކަށީގެންވާ ވަރަށްވުރެ ބޮޑެތި ބޯޓުތަކުން މުދާ ބާލަމުންދާ ކަމަށާއި، އެހެންކަމުން އެ ބޯޓުތައް 24 ގަޑިއިރު ސާވެއިލަންސް ކުރެވޭނެ ނިޒާމެއް ނެތް ކަމަށް ވެސް ރިޕޯޓުގައިވެއެވެ.
އެހެންކަމުން ކަސްޓަމްގެ ހިންގުން އިތުރަށް ހަރުދަނާކޮށް ކަސްޓަމްސްގެ މުވައްޒަފުންނާއި، އަނބި/ފިރިންނާއި ދަރިންގެ އެސެޓް ޑިކްލެއަރ ކުރަންޖެހޭ ގޮތަށް ގަވާއިދުތައް އިސްލާހު ކުރުމަށް ކޮމިޓީން ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު