ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު
ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު
އިޤްތިޞާދީ ވުޒާރާ މިއަދު ބަދަލުވެފައިވަނީ ސިޔާސީ ހުސްވާހަކަތަކެއް ދައްކާ ތަނަކަށް ކަމަށް ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު، ވިދާޅުވެއްޖެއެވެ.

އިއްޔެ އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އިޤްތިޞާދީ ވަޒީރު ދެއްކެވި ވާހަކަފުޅުތަކާ ގުޅިގެން މީސްމީޑިއާގައި ޑރ. ޝަމްހީދު ވިދާޅުވީ، ފައިސާ ޗާޕު ނުކުރާނެ ކަމަށް އިގުތިސާދީ ވަޒީރު މުހައްމަދު ސައީދު ވިދާޅުވީ ނަމަވެސް އެއީ އިތުރުފުޅެއް ކަމަށެވެ.

އޭގެއިތުރުން 2.4 ބިލިއަންރުފިޔާ ޗާޕްކޮށްގެން ބާޒާރަށް ނެރުމުން، ދިވެހި އިޤްތިސާދަށް ކުރާނެ އަސަރުގެ އެސެސްމަންޓެއް އިޤްތިޞާދީ ވުޒާރާއިން ހަދާފައިވޭތޯ މަޖިލީހުގައި ކުރި ސުވާލަށް ވަޒީރު އެކަށީގެންވާ ޖަވާބެއް ދެއްވާފައި ނުވާކަމަށްވެސް ޑރ. ޝަމްހީދު ވިދާޅުވިއެވެ. އޭގެ ބަދަލުގައި ވަޒީރުގެ ފަރާތުން ފެނުނީ ބަހަނާ ދެއްކުމާއި ޒާތީކަން އިސްކުރުން ކަމަށްވެސް ޑރ. ޝަމްހީދު ވިދާޅުވެފައިވެއެވެ.

"ދޭހަވަނީ މިނިސްޓްރީ އަކީ ޓެކްނިކަލް މަސައްކަތްކުރުމުގެ ބަދަލުގައި ސިޔާސީ ހުސްވާހަކަތަކެއް ދައްކާ ތަނަކަށް ބަދަލުވެފައިވާކަން." ޑރ. ޝަމްހީދު ވިދާޅުވެފައިވެއެވެ.



ޑރ. ޝަމްހީދު މިހެން ވިދާޅުވެފައިވާއިރު ޕެންޝަން އޮފީހާއި ގުޅިގެން އެމްއެމްއޭއިން ސެކަންޑަރީ މާކެޓުގައި ސަރުކާރުގެ ބޮންޑެއް ވިއްކުމަކީ ފައިސާ ޗާޕްކުރުން ކަމަށް މާލީ ދާއިރާގެ ބައެއް ތަޖުރިބާކާރުން ގެންދަވަނީ ވިދާޅުވަމުންނެވެ. ނަމަވެސް ރައީސް މުޢިއްޒު ވިދާޅުވެފައިވަނީ މި ސަރުކާރުން ފައިސާ ޗާޕް ނުކުރާނެ ކަމަށެވެ.

އަދި މި މުއާމަލާތާ ގުޅިގެން ޕެންޝަން އޮފީހުގެ ބޯޑުގައި އަމިއްލަ ވިޔަފާރިތައް ތަމުސީލު ކުރަށްވާ މެންބަރު ސަރުވަޝް އާދަމް ވަނީ އެއީ ނުރައްކާތެރި ކަމެއްކަމަށް ވިދާޅުވެ ޕެންޝަން ބޯޑުން އިސްތިއުފާ ދެއްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް