ކުރީސަރުކާރުން މާލޭ ރައްޔިތުންނަށް ހިލޭދިން ގޯތިތައް މިސަރުކާރުން އެއްވެސް ބަދަލެއް ނުގެނަސް ހަވާލުކޮށްދޭނެ ކަމަށް ޕީއެންސީގެ ޕީޖީ ލީޑަރ އިބްރާހިމް ފަލާޙް މިއަދު ވިދާޅުވެއްޖެއެވެ.
މިއަދުގެ ޖަލްސާގައި ފަލާޙް ވިދާޅުވީ، މާލޭގެ ރައްޔިތުންނަށް ދޫކޮށްފައިވާ ގޯތިތަކާއި ގުޅިގެން އިއްޔެ މަޖިލީހުގައި ފާޅު ކުރެއްވީ އަމިއްލަ ޚިޔާލެއް ކަމަށެވެ. ނަމަވެސް މިއަދު ވާހަކަފުޅު ދައްކަވަމުންދަނީ ޕީއެންސީގެ ޕީޖީ ލީޑަރުގެ ޙައިސިއްޔަތުން ކަމަށް ފަލާޙް ވިދާޅުވިއެވެ
އިއްޔެގެ ޖަލްސާގައި ފަލާޙް ވިދާޅުވެފައިވަނީ، އޭނާގެ އަމިއްލަ ވިސްނުމަކީ މާލޭ ރައްޔިތުންނަށް ހިލޭ ދީފައި ހުރި ބިންތަކަށް ދޭންޖެހޭ ބަދަލު ދިނުމަށްފަހު ދައުލަތަށް ނެގުން ކަމަށެވެ. އޭރުން ދަޢުލަތަށް ބޮޑު ގެއްލުމަކުން އަރައިގަނެވޭނެ ކަމަށް ފަލާޙް ވިދާޅުވިއެވެ.
"ބަދަލު ދީފައި އެ ހުރިހާ ގޯއްޗެއް އަނބުރާ ދައުލަތަށް ނަގަން. އޭރަަށް ދައުލަތަށް ވެސް ދިވެހި ރައްޔިތުންނަށް ވެސް ގާތްގަނޑަކަށް 10 ވަރަކަށް ބިލިޔަން ރުފިޔާ އެ ސަލާމަތް ކުރެވެނީ." ފަލާޙް އިއްޔެ ވިދާޅުވިއެވެ.
ނަމަވެސް މިއަދު މެޖޯރިޓީ ލީޑަރުގެ ދޫފުޅުން ފަލާޙްގެ ބަސްމަގު ބަދަލުކުރަށްވައި ވިދާޅުވީ، މާލޭ ރައްޔިތުންނަށް ލިބިފައި ހުރި ގޯތިތައް އެ ލިބިފައި އޮތް ގޮތަށް، މި ސަރުކާރުން އެ ބޭފުޅުްންނާ ހަވާލުކޮށްދޭނެ ކަމަށެވެ.
"މިއަދު މި ދަންނަވަނީ މެޖޯރިޓީ ލީޑަރުގެ ހައިސިއްޔަތުން، އެ ބޭފުޅުންނަށް ލިބިފައި ހުރި ގޯތި، އެ ލިބިފައި އޮތް ގޮތަށް، މި ސަރުކާރުން އެ ބޭފުޅުްންނާ ހަވާލުކޮށްދެއްވާނެ." ފަލާޙް މިއަދު ވިދާޅުވިއެވެ.
މެޖޯރިޓީ ލީޑަރުގެ ކޯޓުގައި ފަލާޙްގެ ރާގު ބަދަލު ކުރަށްވާފައިވާއިރު، އިއްޔެ އޭނާ ފާޅުކުރި ޝުޢޫރުގެ ސަބަބުން މީސްމީޑިއާގައި އޭނާ ވަނީ "ހޫނުފެނަށް ވެއްޓިފައެވެ."

ކިޔުންތެރިންގެ ހިޔާލު