ހޮޅުދޫ ދާއިރާގެ މެމްބަރު އަބްދުއްސައްތާރު މުހައްމަދު
ހޮޅުދޫ ދާއިރާގެ މެމްބަރު އަބްދުއްސައްތާރު މުހައްމަދު
ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީގެ މުގައްރިރަކަށް ހޮޅުދޫ ދާއިރާގެ މެމްބަރު އަބްދުއްސައްތާރު މުހައްމަދު މިއަދު އިންތިޚާބު ކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީގެ މުގައްރިރަކަށް ހޮޅުދޫ ދާއިރާގެ މެމްބަރު އަބްދުއްސައްތާރު މުހައްމަދު މިއަދު އިންތިޚާބު ކޮށްފައިމިވަނީ އެމަޤާމުގައި ކުރިން ހުންނެވި މަނަދޫ ދާއިރާގެ ޕީއެންސީ މެންބަރު ހުސްނީ މުބާރިކް މިއަދު މަޤާމުން އިސްތިއުފާ ދެއްވުމުންނެވެ.

ހުސްނީ އެމަޤާމުން އިސްތިއުފާ ދެއްވީ ރައްޔިތުންގެ މަޖިލީހުން ޖޭއެސްސީގައި އިންނަވާ މެންބަރަކަށް އޭނާ ކަނޑައެޅުމާއި ގުޅިގެންނެވެ.

މިއަދުގެ ބައްދަލުވުމުގައި ޖުށިޝަރީ ކޮމެޓީގެ ނައިބު މުގައްރިރަކަށް އިންތިހާބުކުރީ ފުނަދޫ ދާއިރާގެ ޕީއެންސީ މެމްބަރު މުހައްމަދު މަމްދޫހެވެ.

މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަކީ، ޖުޑީޝަލް ސާވިސް ކޮމިޝަން ހިމެނޭ ގޮތުން ޝަރުއީ ދާއިރާގެ މަސައްކަތްތައް ބަލައި، ޖަވާބުދާރީ ކުރުވުމުގެ މެންޑޭޓް އޮންނަ ކޮމިޓީއެވެ.



ކިޔުންތެރިންގެ ހިޔާލު