އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން މިއަދު މަޖިލީހަށް ހުށަހެޅި ބަޖެޓުގެ 62 އިންސައްތައަކީ ރިކަރަންޓު ހަރަދު ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
2026 ވަނަ އަހަރަށް ލަފާކޮށް މަޖިލީހަށް ފިނޭންސް މިނިސްޓްރީން ހުށަހަޅާފައިވަނީ 64.2 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މި ބަޖެޓު ހުށަހަޅުއްވަމުން މިނިސްޓަރ ވިދާޅުވީ ރިކަރަންޓު ހަރަދުގެ ގޮތުގައި ޖުމްލަ ބަޖެޓުގެ 39.9 ބިލިއަން ރުފިޔާ ހަރަދުވާނެ ކަމަށެވެ. މީގެ ތެރޭގައި މި ފަހުން ރައީސް ޑރ. މުހައްމަދު މުއިއްޒު ބޮޑުކުރައްވަން ނިންމެވި މުވައްޒަފުންގެ މުސާރަ ހިމެނޭ ކަމަށް ވެސް ޒަމީރު ވިދާޅުވި އެވެ.
މިނިސްޓަރ ވިދާޅުވީ މިއަދު ހުށަހެޅި ބަޖެޓު އަމާޒުކުރެވިފައިވަނީ ދިވެހިންގެ ދިރިއުޅުމަށް ފައިދާކުރާނެ ދާއިރާތަކަށް ކަމަށާއި، އޭގެ ތެރޭގައި ތައުލީމާއި، ސިއްހަތާއި، ބޯހިޔާވަހިކަމާއި، ވަޒީފާ އަދި ދިރިއުޅުމުގެ އަގުތަކަށް ހެޔޮ ބަދަލުތަކެއް ގެނުވާނެ ދާއިރާތައް ހިމެނޭ ކަމަށެވެ.
ބަޖެޓުގެ 62 އިންސައްތައަކީ ރިކަރަންޓު ހަރަދުކަމުގައި ކަނޑައަޅާފައިވާއިރު، މި ސަރުކާރުގެ ސިޔާސީ މުވައްޒަފުންނާއި ކުންފުނިތަކުގައި ތިބި މުވައްޒަފުންގެ އަދަދު އިންތިހާއަށް މަތިވެފައިވާ ކަމަށް އިދިކޮޅުން ދަނީ ތުހުމަތުކުރަމުންނެވެ.
ރައީސް އޮފީހުން މީގެ ކުރިން ބުނެފައިވަނީ ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ އަދަދަކީ 922 ކަމަށެވެ. ނަމަވެސް އެ އަދަދަށްވުރެ ގިނަ ސިޔާސީ މުވައްޒަފުން ސަރުކާރުގައި ތިބި ކަމަށް އިދިކޮޅުން ދަނީ ތުހުމަތު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު