ޒަކާތް ބަލައިގަންނަނީ-
ޒަކާތް ބަލައިގަންނަނީ-
ފަގީރުކަމުގައި ތިބި މީހުން ތަނަވަސް ހާލަތަކަށް ގެނައުމަށް ހާއްސަ ކާޑެއް ތައާރަފްކުރަމުން އަންނަ ކަމަށް ޒަކާތު ހައުސް އިން ބުނެފިއެވެ.

ޒަކާތު ހައުސް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ފަގީރުކަމުގައި ތިބި މީހުން ތަނަވަސް ހާލަތަކަށް ގެނައުމަކީ އެ އިދާރާގެ ވަރަށް މުހިއްމު މަގުސަދެއް ކަމަށާއި އެހެންވެ ފަގީރުންނަށް ހާއްސަކޮށް ބެނެފިޝަރީ ކާޑެއް ތައާރަފް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މި ކާޑު ތައާރަފު ކުރުމުން، އާސަންދައިން ކަވަރުނުކުރާ ސިއްހީ ހިދުމަތްތައް ޒަކާތު ފަންޑުން ލިބޭނެ ކަމަށް ބަޔާނުގައި ވެއެވެ.

އަދި ރޯދަ މަހު ކާބޯތަކެތި ގަތުމާއި ބޯހިޔާވަހިކަމާއި ތައުލީމާ ގުޅުންހުރި އެހީތައް އެ ކާޑު މެދުވެރިކޮށް ފަގީރުންގެ ދަފްތަރުގައި ހިމެނޭ މީހުންނަށް ލިބޭނެ ކަމަށް ޒަކާތު ހައުސް އިން ވަނީ ބުނެފައެވެ.

މުދަލު ޒަކާތާއި ފިތުރު ޒަކާތް ހައްގުވާ ފަގީރުންގެ ދަފްތަރުގައި 2،852 މީހުން ހިމެނެ އެވެ.

ޒަކާތު ހައުސް އިން މީގެ ކުރިން ވަނީ ފަގީރުންގެ ދަފްތަރުގައި ހިމެނޭ މީހުންގެ ތެރެއިން ކެންސަރު ފަދަ ދާއިމީ ބޮޑެތި ބަލިތަކުގައި އުޅޭ މީހުންނަށް އިންޝުއަރެންސް ހަމަޖައްސައިދޭން ނިންމާފައެވެ.

އަދި ފަގީރުންގެ ދަފްތަރުގައި ހިމެނޭ މީހުންގެ ތެރެއިން، ސޯޝަލް ހައުސިންގެ ދަށުން ފްލެޓް ލިބުމަށް ފަހު ޑައުން ޕޭމަންޓް ނުދެއްކި ތިބި މީހުންނަށް ޒަކާތު ފަންޑުން ވަނީ އެ ފައިސާވެސް ދައްކައިދޭން ނިންމާފައެެވެ.



ކިޔުންތެރިންގެ ހިޔާލު