އެމްޕީއެލް ހުޅުމާލެ ބަނދަރުގައި ބަހައްޓާފައި ހުއްޓާ ވަގަށް ނެގި ދެ ކޮންޓެިނަރުގެ މައްސަލާގައި ހައްޔަރުކުރި ނުވަ މީހުންގެ ތެރެއިން ލޮޓަސްގެ ވެރިޔާ އަހުމަދު އާރިފް (އާއްޓޭ) އާއި ކަސްޓަމްސްގެ ކުރީގެ އިސް އޮފިސަރެއް ކަމަށްވާ މުއާޒު އަލީ އަދި ކަސްޓަމްސްގެ އިސް އޮފިސަރެއް ކަމަށްވާ ޒިވާރު އިސްމާއިލް ވެސް ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފިއެވެ.
މި ތިން މީހުންގެ އިތުރުން ސިނގިރޭޓް ދެ ކޮންޓެއިނަރު އުފުލި ދޯނީގެ ކެޕްޓަން އާދަމް ވަހީދާއި މިހާތަނަށް ހައްޔަރުކުރި އެމްޕީއެލްގެ ތިން މުވައްޒަފުންގެ ތެރެއިން އަހުމަދު ފިރުޝާން ވެސް ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ކޯޓުން ވަނީ އަމުރު ކޮށްފައެވެ.
އާއްޓޭ އާއި މުއާޒު އަދި ޒިވާރު ވެސް ޝަރީއަތް ނިމެންދެން ބަންދުކުރީ މި މަހުގެ 15 ވަނަ ދުވަހުގެ ރޭ ބަންދުކޮށް، ތަހުގީގުގެ ބޭނުމަށް ކޯޓުން ދީފައިވާ 15 ދުވަހުގެ ބަންދުގެ މުއްދަތު ހަމަވުމާ ގުޅިގެން ބަންދުގެ މުއްދަތު ޖެހުމަށް މިއަދު ކޯޓަށް ގެންދިއުމުންނެވެ.
އަދި ދޯނީގެ ކެޕްޓަން އާދަމް ވަހީދު ޝަރީއަތް ނިމެންދެން ބަންދުކުރަން ކޯޓުން އެންގީ އޭނާ ބަންދުކުރަން ކުރިން ދިން ހަތް ދުވަހުގެ މުއްދަތު ހަމަވާތީ ކޯޓަށް ހާޒިރު ކުރުމުންނެވެ.
މި މައްސަލާގައި ހައްޔަރުކުރި ފިރުޝާން ޝަރީއަތް ނިމެންދެން ބަންދުކުރީ އޭނާ ބަންދުކުރަން ފުރަތަމަ ދިން ފަސް ދުވަހުގެ މުއްދަތު ހަމަވާތީ ކޯޓަށް ގެންދިއުމުންނެވެ.
އާއްޓޭގެ އިތުރުން ދެން މި މައްސަލާގައި ހައްޔަރުކޮށްފައިވާ ވިޔަފާރިވެރިއަކީ އެޕޯލޯ ހޯލްޑިންސްގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި) އެވެ. އޭނާ ވެސް ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން ވަނީ މިމަހު 25 ވަނަ ދުވަހު ހުކުމް ކޮށްފައެވެ.
މި މައްސަލަައިގައި ދެން ހައްޔަރު ކުރީ އެ ސިނގިރޭޓްތައް ވަގަށް ނެގުމުގައި އެހީތެރިވި އެމްޕީއެލްގެ މުވައްޒަފުން ކަމަށްވާ ހދ. ވައިކަރަދޫ، ނޫރަލީގެ، އަހުމަދު ޝަމީމް، 42، އާއި އައްޑޫ ހިތަދޫ، ޗާންދަނީގޭ، ހުސައިން ސާމިހް، 35، އެވެ. ޝަމީމާއި ސާމިހު މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން ހަތް ދުވަހަށް ބަންދުގައި ބައިތިއްބަން ކޯޓުން ވަނީ އަމުރުކޮށްފައެވެ.
ސައުދީ އަރަބިއްޔާގެ ބިންލާދިން ގްރޫޕުގެ ނަމުގައި ރާއްޖެ އަށް ޖުމުލަ 13،600،000 ސިނގިރޭޓު ސްޓިކް ވަގަށް އެތެރެކުރިކަން މިދިޔަ އަހަރުގެ އޭޕްރީލް މަހު ފަޅާ އަރައި، އެ މަހުން ފެށިގެން އެ ދެ ކޮންޓެއިނަރު ހުރީ އެމްޕީއެލް ހުޅުމާލޭގެ ބަނދަރުގައި ބަހައްޓާފައެވެ.
އެ ސިނގިރޭޓް ދެ ކޮންޓެއިނަރުގައި ހުރި 13.6 މިލިއަނަށް ވުރެ ގިނަ ސިނގިރޭޓް ނެތް ކަން ކަސްޓަމްސް އަށް އެނގުނީ މި މަހުގެ 8 ވަނަ ދުވަހުގެ ރޭގަ އެވެ. އެ ހިސާބުން އެ މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު