ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރ އައިޝަތު އާޒިމާ ޝަކޫރު
ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރ އައިޝަތު އާޒިމާ ޝަކޫރު
ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރ އައިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑާކުރުމާ ގުޅޭ ދެ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި ތާވަލް ކޮށްފިއެވެ.

އާޒިމާގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ، ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާއަކާއި މަނީ ލޯންޑަރިންގއަށް މަގު ފަހިކޮށްދިނުމުގެ ދެ ދައުވާ އެކެވެ. މި ދެ ދައުވާގެ ޝަރީއަތުގެ އަޑުއެހުން ކްރިމިނަލް ކޯޓުގައި ތާވަލް ކޮށްފައިވަނީ އާދިއްތަ ދުވަހުގެ 13:30 އަށެވެ. މި މައްސަލާގައި އެންމެ ފަހުން އަޑުއެހުމެއް ބާއްވާފައިވަނީ، މިދިއަ މާރޗު މަހުގެ 8 ވަނަ ދުވަހުއެވެ. އޭގެފަހުން މިމައްސަލައިގެ އަޑުއެހުމެއް ނުބާއްވައެވެ.

މީގެ ކުރިން މި މައްސަލައިގެ އިބްތިދާއީ އަޑުއެހުންތައް ބާއްވާ، އާޒިމާގެ މައްޗަށް ކުށް ސާބިތު ކުރުމަށް ދައުލަތުން ހެކި ވެސް ހުށަހަޅާފައިވެއެވެ. އެ އަޑުއެހުމުގައި އާޒިމާ ވިދާޅުވީ، އޭނާގެ މައްޗަށް ދައުލަތުން އުފުލާފައިވާ، ރަސްމީ އިދާރާތަކަށް ދޮގު މަޢުލޫމާތު ދިނުމުގެ ދަޢުވާއަކާއި، މަނީ ލޯންޑަރިންގއަށް މަގު ފަހިކޮށްދިނުމުގެ ދަޢުވާ ސާފުވާންޖެހޭ ކަމަށެވެ. ދަޢުލަތުގެ ވަކީލާ ވިދާޅުވީ މި ދަޢުވާ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ ކަމަށް ގާޒީ ނިންމާފައިވާ ކަމަށާއި، އަދި ޝަފަޢީ ހެކިން ވެސް މިދިއަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ދެވަނަ ދުވަހު ބޭއްވި އަޑުއެހުމުގައި ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ ހެކިންނާ ގުޅިގެންވެސް އާޒިމާ ވާހަކަދައްކަވާފައިވާ ކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.

ދައުލަތުގެ ވަކީލު ވިދާޅުވީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ކުރީގެ ރައީސް ޙަސަން ލުޠުފީއާއި، އެ ކޮމިޝަނުގެ ކުރީގެ ނައިބު ރައީސް މުއައްވިޒު ރަޝީދު ފުލުހުންގެ ތަހުޤީޤަށް ދީފައިވާ ބަޔާނުން އާޒިމާ އޭސީސީއަށް ދޮގު މަޢުލޫމާތު ދީފައިވާކަން ހާމަވާ ކަމަށެވެ. އެގޮތުން ރައީސް އޮފީހުން އާޒިމާ ފޮނުވި ސިޓީއެއްގައި އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާގެ ތެރެއިން ކުރީގެ ރައީސް ޢަބްދުﷲ ޔާމީނުގެ އަމިއްލަފުޅު އެކައުންޓަށް ވަދެފައިވާ އެއް މިލިއަން ޑޮލަރު އެސްކްރޯ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށް ބުނެފައިވާ ކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.

އާޒިމާގެ އެ ސީޓީއާ ގުޅިގެން އޭސީސީ ޤަބޫލުކޮށްގެން ތިބީ، އެސްކްރޯ އެކައުންޓަށް ޖަމާކުރީ އެ އެއް މިލިއަން ޑޮލަރުކަމުގައި ކަމަށާއި އެހެން ނަަމަވެސް އެ އެއް މިލިއަން ޑޮލަރުގެ ބަދަލުގައި އެސްކްރޯ އެކައުންޓަށް ޖަމާކޮށްފައިވަނީ އެހެން ފައިސާއެއްކަން އޭސީސީއަށް އެނގިފައިނުވާތީ އޭސީސީއަށް ވެސް އެކަމުގެ ތަހުޤީޤެއް ހިންގިފައި ނުވާކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ. އަދި ރައީސް ޔާމީން ހިންގެވި މަނީ ލޯންޑަރިންގ ކަންކަން ފުރިހަމަވެގެން ގޮސް، ޚިޔާނާތުގެ ފައިސާ އިންވެސްޓްމަންޓް އެކައުންޓެއްގައި ބަހައްޓައިގެން 36 މަސް ވަންދެން އެއިން ފައިދާ ނަގައި، އެހެން ގޮތަކަށް ހޯދި ފައިސާތަކެއް އެސްކްރޯ އެކައުންޓަށް ޖަމާކޮށް އޮޅުވާލައި، ރައީސް ޔާމީން މަނީ ލޯންޑަރިންގެ ޢަމަލު ހިންގުމަށް އާޒިމާ މަގުފަހިކޮށްދީ އަދި ރަސްމީ އިދާރާއަކަށް ދޮގު މަޢުލޫމާތުު ދީފައިވާކަން ދަޢުލަތަށް ޤަބޫލު ކުރެވޭ ކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެެވެ.

އެންމެފަހުން ބޭއްވި އަޑުއެހުން ނިންމާލައްވަމުން ކްރިމިނަލް ކޯޓުގެ ގާޒީ ވިދާޅުވީ މި މައްސަލާގައި ކުރިއަށްދާނެ ގޮތްތަކެއް ނިންމާފައިވާތީ އެގޮތުގެ މަތީން ކުރިއަށް ގެންދަން ނިންމާ ކަމަށެވެ. އެހެންކަމުން އެންމެފަހުން ބޭއްވި އަޑުއެހުމުން ފެށިގެން ކުރިއަށް ގެންދާގޮތަށް ނިންމާފައިވާ ކަމަށް ގާޒީ ވިދާޅުވިއެވެ.

އާޒިމާގެ މައްޗަށް ކުރާ ދެ ދަޢުވާގައި ކުށް ސާބިތު ކުރުމަށް ދަޢުލަތުން ހުށައެޅި ޝަފަޢީ ހެކިން ޝަރީއަތަށް ހުށައަޅާފައިވެއެވެ. ހެކީންގެ ތެރޭގައި ކުރީގެ ރައީސް ޢަބްދުﷲ ޔާމީނާއި، އޭސީސީގެ ކުރީގެ ނައިބު ރައީސް މުއައްވިޒު ރަޝީދާއި، އޭސީސީގެ ކުރީގެ ރައީސް ޙަސަން ލުޠުފީއާއި، ބީއެމްއެލްގެ ކުރީގެ ސީއީއޯ މުޙައްމަދު ޝަރީފު ހިމެނެއެވެ. ތަފާތު ސަބަބުތައް ދައްކަވައި އާޒިމާ ވަނީ އެބޭފުޅުންގެ ހެކިބަސް ނުނެގުމަށް އެދިވަޑައިގެންފައެވެ.

އެންމެފަހުން ބޭއްވި އަޑުއެހުމުން ފެށިގެން އާޒިމާގެ މި ދެ ދަޢުވާ ކުރިއަށް ގެންދަވަނީ ކްރިމިނަލް ކޯޓުގެ ގާޒީ ޙަސަން ސަޢީދެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން