އިލެކްޝަން ކޮމިޝަން އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން
އިލެކްޝަން ކޮމިޝަން އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން
އިލެކްޝަންސް ކޮމިޝަންގެ ކުއްލި ޖަލްސާތަކުގައި ފައިސާއާ ގުޅޭ ކަންކަމާއި އިންތިހާބުތަކާ ގުޅޭގޮތުން ހުށަހެޅޭ މައްސަލަތައް ނުބެލޭ ގޮތަށް އެ ކޮމިޝަންގެ ގަވާއިދު އިސްލާހުކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުގެ ގަވާއިދުގެ ތިންވަނަ އިސްލާހުގައި، ބަޖެޓާއި، ފައިސާއާ ގުޅޭ ކަންކަމާއި، މުވައްޒަފުންގެ ވަޒީފާއާއި، މުސާރައާއި، އިނާޔަތްތަކަށް ބަދަލު ގެނައުން ފަދަ މައްސަލަތައް ކޮމިޝަނުން ބާއްވާ ކުއްލި ޖަލްސާއެއްގައި ނުނިންމޭނެ ކަންކަމުގެ ތެރޭގައި މިހާރު ވަނީ ހިމަނާފައެވެ. މީގެ އިތުރުން ކޮމިޝަނުގެ ހިންގުމުގެ އޮނިގަނޑަށް ބަދަލު ގެނައުމާއި، މެމްބަރުންނާއި މުވައްޒަފުން ރާއްޖެއިން ބޭރަށް ކުރާ ރަސްމީ ދަތުރުތައް ހަމަޖެއްސުމާއި ކޮމިޝަނުގެ ގަވާއިދަށް ބަދަލު ގެނައުމާއި، ކޮމިޝަނުގެ ރައީސް އަދި ނާއިބު ރައީސް އިންތިހާބުކުރުން ފަދަ މައްސަލަތައް ވެސް ކުއްލި ޖަލްސާ ތަކުން ނުނިންމޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ.

ގަވާއިދަށް ގެނައި އިސްލާހުގައި ބުނާގޮތުން ކޮމިޝަނަށް އައު މުވައްޒަފަކު ނެގުމާއި، މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގެ އިތުރުން އިންތިހާބުތަކާ ގުޅޭގޮތުން ހުށަހެޅޭ މައްސަލަތައް ވެސް ކުއްލި ޖަލްސާއަކުން ނުބެލޭނެއެވެ.

އިލެކްޝަންސް ކޮމިޝަނުގެ ގަވާއިދުގައި މީގެކުރިން، ކުއްލި ޖަލްސާއެއްގައި ނުނިންމޭނެ ކަމަށް ނުވަތަ ނުބެލޭނެ މައްސަލަތައް ކަނޑައަޅާފައެއް ނުވެއެވެ. އެހެންކަމުން އޭރު ގަވާއިދު އޮތްގޮތުން ކުއްލި ޖަލްސާއެއްގައި ވެސް، ބޮޑެތި މައްސަލަތައް ބަލާ ގޮތް ނިންމުމަށް ހުރަހެއް ނެތެވެ.

ކޮމިޝަނުގެ ގަވާއިދަށް ގެނެސްފައިވާ އިސްލާހުގައި ބުނެފައިވަނީ، ކުއްލި ޖަލްސާއަކީ، ކޮމިޝަނުގެ ހިންގުމާ ގުޅޭ ނުވަތަ މަސައްކަތާގުޅޭ މުހިއްމު ކަމަކާމެދު މަޝްވަރާ ކުރުމަށްޓަކައި މެމްބަރަކު އެދިގެން ކުއްލިއަކަށް ބާއްވާ ޖަލްސާއެއް ކަމަށެވެ. މިގޮތުން ކޮމިޝަނުގެ ކޮންމެ މެމްބަރަކަށް ވެސް ކުއްލި ޖަލްސާއެއް ބާއްވައިދިނުމަށް އެދެވިދާނެ ކަމަށް އިސްލާހު ކުރި ގަވާއިދުގަައި ބުނެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން