އައްޑޫ ހިތަދޫ ކަސްޓޯޑިއަލްއަށް މަސްތުވާތަކެތި ވައްދަން އުޅުނު ފުލުހަކަށް ދަޢުވާކުރަން ފޮނުވައިފިއެވެ.
ފުލުހުން ބުނީ، އައްޑޫ ސިޓީ، ހިތަދޫ ކަސްޓޯޑިއަލަށް މަސްތުވާތަކެތި ވައްދަން އުޅުމުގެ ތުހުމަތުގައި މިދިޔަ ސެޕްޓެމްބަރ މަހު 25 އަހަރުގެ ފުލުހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.
އެގޮތުން އޭނާ ބަލައި ފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ފެނިފައިވާ މައްސަލައެއްގައި ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ. އަދި މިމައްސަލައިގައި މުސާރަ ނުލިބޭ ގޮތަށް އޭނާ ވަނީ ވަޒީފާއިން ސަސްޕެންޑުކޮށްފައެވެ.
އެ މައްސަލައިގައި އޭނާގެ ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަކަށް ބަންދު ކުރުމަށް އަމުރުކުރި ކަމަށް ފުލުހުން ބުނެފައިވެއެވެ. އެ މުއްދަތު ހަމަވުމުން އޭނާ ދޫކޮށްލާފައި ވަނީ ސެޕްޓެމްބަރު 20ގައެވެ.
ފުލުހުން ބުނީ، އެ މައްސަލައިގެ ތަހުގީގު ނިންމައި ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވީ މިދިޔަ މަހު 13ގައި ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު