ސަރުކާރަށް ތަރައްޤީގެ މަޝްރޫޢުތައް ނުހިންގިގެން އުޅެނީ ކުރީގެ އެމްޑީޕީ ސަރުކާރުން ނެގި ދަރަންޏާ ހެދި ނޫން ކަމަށް ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަޙްމަދު ޝަމްހީދު ރޭ ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ މީޑިއާއެއްގައި ރޭ ވާހަކަ ދައްކަވަމުން ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަޙްމަދު ޝަމްހީދު ވިދާޅުވީ ސަރުކާރުން ދަނީ ތަރައްޤީގެ މަޝްރޫޢުތައް ހުއްޓިފައި ހުރި ކަމަށް ބުނެ، އެކަމުގެ ބަދުނާމު ކުރީ ސަރުކާރުގެ ބޮލުގައި އަޅުވަމުން ކަމަށެވެ.
ހަމައެއާއެކުު ކުރީގެ ސަރުކާރުން ދަރަނި ނަގާފައި ހުރި ނަމަވެސް، މިއަދު ތަރައްޤީގެ މަޝްރޫޢުތައް ހުއްޓިފައި އޮތުމުގެ އަސްލު މައްސަލައަކީ ސަރުކާރުގެ ކަންކަމަށް އިސްކަންދޭ ތަރުތީބު ނުވަތަ "ޕްރިއޮރިޓީ" ގައި ހުރި މައްސަލަތައްކަން ޑރ. ޝަމްހީދު ފާހަގަ ކުރަށްވާފައިވެއެވެ.
ޑރ. ޝަމްހީދު ވިދާޅުވީ، މިހާރުގެ ސަރުކާރުގެ ބައެއް ބޭފުޅުން ބޭނުންވަނީ ޓޯއީ ގަންނަ އުސޫލުން ހަތިޔާރު ގަންނަން ކަމަށާއި، އެއީ "ޑްރޯން، ޓޭންކް މިކަހަލަ އެއްޗެހި" ކަމަށެވެ.
އެގޮތުން، މިފަދަ ކަންކަން ހިންގަނީ ސަރުކާރުގެ ބައެއް ބޭފުޅުންނާ ގުޅުން ހުރި ސަޕްލަޔަރުންނަށް ފައިދާވާނެ ގޮތަށްކަމަށް ވެދާނެ ކަމަށް ވެސް ޝަމްހީދު ތުހުމަތު ކުރެއްވިއެވެ. މީގެ އިތުރުން، ސަރުކާރުން މަސައްކަތް ކުރަނީ ދިވެހިރާއްޖޭގައި ނެތްވަރުގެ ބޮޑެތި ސިޓީތައް ބިނާކޮށް، އެބޭފުޅުންގެ "ލެގަސީ ޤާއިމުކުރުމަށް" ކަމަށް ޑރ. ޝަމްހީދު ވިދާޅުވިއެވެ.
ޙަޤީޤީ މައްސަލައަކީ އެއީ ކަމަށާއި، މިހާރުގެ ތަރައްޤީ މަޝްރޫޢުތައް ނުހިންގިގެން އުޅެނީ މިފަދަ ކަންކަމުގެ ސަބަބުން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ބޮޑު އިންޓްރެސްޓްގައި މިހާރުގެ ސަރުކާރުން ދަރަނި ނަގަމުންދާތީ އެކަމަށްވެސް ޑރ. ޝަމްހީދު ފާޑުވިދާޅުވެފައިވެއެވެ.
"ބޭރުގެ ކޮމާޝަލް ބޭންކުތަކުން މި އަހަރަށް އެބައޮތް 6 ބިލިއަން ރުފިޔާ މި އަހަރު ބަޖެޓުން ހާސިލު ކުރުމަށް ބޭނުންވާ ކަމަށް. އަންނަ އަހަރަށް ވެސް އޮތީ އެކަހަލަ ގޮތަކަށް." ޑރ. ޝަމްހީދު ވިދާޅުވިއެވެ.
މީގެ އިތުރުން ސަރުކާރަށް މިހާރު ބަޖެޓަށް ބޭނުންވާ ފައިސާ ހޯދުމަށް "ވަރަށް ބޮޑު އިންޓްރެސްޓެއްގައި ލޯނު ހޯދަންޖެހޭނީ" ކަމަށާއި، އޭގެ ތެރޭގައި ގާތްގަނޑަކަށް 14 ޕަސެންޓްގެ އިންޓްރެސްޓްގައި ވެސް ލޯނު ނެގުމަށް ނިންމާފައިވާކަން އެނގިވަޑައިގަންނަވާ ކަމަށް ޑރ. ޝަމްހީދު ވިދާޅުވިއެވެ.
ޑރ. ޝަމްހީދު ވިދާޅުވީ، ސަރުކާރުގެ މައްޗަށް ވާރުތަވެފައިވާ ޗައިނާގެ ދަރަނި އަދާކުރުމަށް އާދޭސް ދަންނަވައި ސިޓީ ލިޔުނު ކަމަށް ސަރުކާރުގެ ބޭފުޅުން ވިދާޅުވި ނަމަވެސް، 500 މިލިއަން ރުފިޔާގެ ސުކޫކު އަދާކުރުމަށް އެއްވެސް ފައިސާއެއް ރައްކާކުރެވިފައި ނެތް ކަމަށް މިހާރު ސަރުކާރުން އަމިއްލައަށް އެއްބަސްވެފައިވާ ކަމަށެވެ.
"ދައްކަން ހުރި ހުރިހާ ފައިސާއެއް ދައްކަން މިޖެހެނީ އަނެއްކާ އިތުރަށް ބޮޑު އިންޓްރެސްޓެއްގައި މިއަދު ލޯނެއް ނަގައިގެން އެ ލޯން ލިބިއްޖެ ހާލަތެއްގައި" ޝަމްހީދު ވިދާޅުވިއެވެ.
މިހާރުގެ ސަރުކާރުން ދަރަނީގެ ބުރައެއް އުފުލާފައި ނުވާ ކަމަށާއި، ހަޤީޤަތުގައި މި ސަރުކާރުން ކުރާ ކަމަކީ "ދަރަނީގެ ބާޑަން ކުރިއަށް އަންނަން އޮތް ޖީލުތަކަށް ޕާސްކޮށްލުން" ކަމަށްވެސް ޑރ. ޝަމްހީދު ރޭ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު