މާލޭގެ ސުކޫލަކަށް ދަރިވަރުން ހާޒިރުވަނީ: އަންނަ މަހު 4 ގައި މާލޭ ސިޓީގެ ސުކޫލުތައް ހުޅުވާލަން ވަނީ ނިއްމާފަ
މާލޭގެ ސުކޫލަކަށް ދަރިވަރުން ހާޒިރުވަނީ: އަންނަ މަހު 4 ގައި މާލޭ ސިޓީގެ ސުކޫލުތައް ހުޅުވާލަން ވަނީ ނިއްމާފަ
އަންނަ އޮކްޓޫބަރު މަހުގެ 4 ގައި މާލެސިޓީގެ ސްކޫލުތައް ހުޅުވާލަން ނިންމައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނީ ކޮވިޑް-19ގެ މި ހާލަތަށް ރިއާޔަތްކޮށް، ހެލްތް ޕްރޮޓެކްޝަން އޭޖެންސީގެ ލަފާގެ މަތީން، އަންނަ އޮކްޓޫބަރު މަހުގެ 4 އިން ފެށިގެން މާލޭސިޓީގެ ސްކޫލްތަކުގައި ކީ ސްޓޭޖް ހަތަރަކާއި ފަހެއްގެ (ގްރޭޑް 9-12އަށް) ދަރިވަރުންގެ ކިޔެވުން ފެށުމަށް އެ މިނިސްޓްރީއިން ނިންމާފައިވާ ކަމަށެވެ.



ކޮވިޑް-19 އާ ގުޅިގެން މިދިޔަ މާޗު މަހުގެ ތެރޭގައި ސްކޫލުތަކުގެ ކިޔެވުން މެދުކަނޑާލައި ކުދިންނަށް ކިޔަވައި ދިނުުމުގެ ކަންކަން ކުރިއަށް ގެންދަނީ ޓެލިކިލާސް މެދުވެރިކޮށް އަދި އޮންލައިންކޮށް ގޫގްލް ކްލާސްރޫމާއި ވައިބާ މެދުވެރިކޮށެވެ. ނަމަވެސް، ޖުލައި މަހު، މާލެ ސަރަހައްދުގެ ސްކޫލުތައް ފިޔަވައި އެހެން ހުރިހާ ރަށްތަކުގެ ސްކޫލުތަކުގައި ގްރޭޑް 1 އިން ގްރޭޑް 12 އަށް ކިޔަވައިދޭން ވަނީ ފަށާފައެވެ. އަދި މާލެ ސަރަހައްދުގެ ސްކޫލުތަކުގައި ގްރޭޑް 9 އިން ގްރޭޑް 12ގެ ދަރިވަރުންނަށް ކިޔަވައިދޭންެފަށާފައިވެއެވެ.

މާލެ ސަރަހައްދުގެ ސްކޫލުތަކުގެ ދަރިވަރުންނަށް ކިޔަވައިދޭން ފެށިނަމަވެސް މާލެ ސަރަހައްދުގައި ކޮވިޑް ފެތުރުން އިތުރުވެފައި ވާތީވެ، ފަހުން މާލޭގެ ސްކޫލްތައް ވަގުތީ ގޮތުން ބަންދުކޮށް އޮންލައިންކޮށް ކިޔަވައިދިނުން ކުރިއަށް ގެންދެވުނެވެ. އެންމެ ފަހުން މާލެ ސިޓީގެ ސްކޫލުތައް އިތުރު 2 ހަފުތާއަށް ބަންދު ކޮށްފައި ވަނީ މިމަހުގެ 17 ވަނަ ދުވަހެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން