ކުރީގެ ރައީސް މުހައްމަދު ނަޝީދު-
ކުރީގެ ރައީސް މުހައްމަދު ނަޝީދު-
މާލެއިން އެހެން ރަށްރަށު މީހުންނަށްވެސް ބިން ލިބެން ޖެހޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިހެން ވިދާޅުވެފައި މިވަނީ މާލެއިން، މާލޭ މީހުންނަށް އެމްޑީޕީ ސަރުކާރުން ހިލޭ ގޯތި ދިން ދިނުން ކުށްވެެރިކޮށް ބައެއް ފަރާތްތަކުން ވާހަކަދައްކަމުންދާ، އަދި މާލޭ ބިމުގެ ބަހުސް ހޫނުވެފައިވާ ދަނޑިވަޅެއްގައެވެ.

މާލޭ ބިމުގެ ބަހުސް މިހާރު ހިނގާކަން ފާހަގަކުރައްވަމުން އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ މާލެ އަކީ ވަކި ބައެއްގެ ރަށެއް ނޫންކަން ޒަމާނުއްސުރެ އެމަނިކުފާނުފެ "ކިލާ މާލެ" ފޮތުގައި ވާނެ ކަމަށެވެ.

މިސާލަކަށް 1750 ގައި މާލޭ ބޯހިމެނިނަމަ މާލޭގައި ގިނައިން ދިރިއުޅެނީ ސަރަހައްދީ ކަރަތަކުގެ މީހުންނާއި، ރާއްޖޭގެ އެކި ރަށްރަށުގެ މީހުންކަން ފެންނާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

"މިހާރު ކެލާގެއިން ފެށިގެން މާވެޔޮ އަތިރިޔާ ހަމައަށް އެއީ ކެލާ އެދުރު ކަލޭފާނު ގޯތި. އައްޑޫ ސިއްކަގެ އެއީ މިހާރުގެ ސިއްކަ ގެއިން ފެށިގެން މާލޭ އުތުރު އަތިރިއަށް. މާލޭގައި ކޮންމެ ރަށަކަށްހެން ގެއެެއް ހުންނާނެ" ނަޝީދު ވިދާޅުވިއެވެ.

1750 ވަނަ އަހަރު މާލޭގައި ގިނަވާނީ ބަބުރުން، މަލަބަރު، ތުރުކީ އަދި މިހެންގޮސް މި ބާވަތުގެ ސަރަހައްދީ ރަށްރަށުގެ މީހުން ކަމަށްވެސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ނަޝީދު ވިދާޅުވީ އެމަނިކުފާނަށް އަދިވެސް ފެނިވަޑައިގަންނަވާ ގޮތުގައި މާލޭގެ ބިން ދޫކުރުން އެންމެ ރަނގަޅީ "ވެށިފަހިމާލޭ" ޕްރޮގްރާމުގެ ދަށުންނެވެ. އަދި މާލެއިން މާލޭ މީހުންނަށްވެސް، އެހެން ރަށްރަށު މީހުންނަށްވެސް ބިން ލިބޭގޮތްވުން ބޭނުންތެރި ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ހަގީގަތުގައި މައްސަލައަކަށް ވެގެން އުޅެނީ މާލޭގެ ބައެއްގެ ގޮތުގައި ހިމެނޭ ހުޅުމާލެއިން އެއްވަޔަކަށް ބޮޑު އަގުގައި ގޯއްޗާއި ފްލެޓް ވިއްކާފައި އަނެއްބަޔަކަށް ހިލޭ ހޯތިތަކެއް ބަހާލުމުންނެވެ. އެކި ސަރުކާރު ތަކުން ސިޔާސީ ބޭނުމަށް އުސޫލެއް ހަމައެއް ނެތި މިގޮތަށް ހުޅުމާމެއާއި މާލެއިން ފްލެޓާއި ގޯތި ދިނުމަކީ ކޮށްގެންވާނެ ކަމެއް ނޫންކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. އެމްޑީޕީގެ ދެސަރުކާރުން ވެސް ހުޅުމާލެއިން ހިލޭ ގޯތި ދޫކޮށްފައި ވާއިރު، އެކަންކޮށްފައި ވަނީ ހަމަހަމަ ހަރުދަނާ އުސޫލެއްގެ ދަށުން ނޫންކަން ފާހަގަކުރެވެއެވެ.



ކިޔުންތެރިންގެ ހިޔާލު