ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ، ރޯގާގެ އަލާމާތްތައް ފެނިގެން ކޮވިޑް-19 އަށް ހެއްދެވި ޓެސްޓު ނެގެޓިވްވެފައިވާ ކަމަށް އެކަމަނާ ވިދާޅުވެއްޖެއެވެ.

މާރިޔާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރޯގާގެ އަލާމާތްތައް ފެނިގެން އެކަމަނާ ކޮވިޑް-19 އަށް ޓެސްޓްކޮށް މިއަދު ނަތީޖާ ލިބުނު އިރު، އެ ބައްޔަށް ފައްސިވެފައި ނުވާ ކަމަށެވެ.އެކަމަކު، ކޮވިޑް-19 ގެ އަލާމާތްތައް ފެނިގެން މާރިޔާ ހުންނެވީ ކަރަންޓީނުގައެވެ.

މި ބަލި ހުރިތޯ ބެލުމަށް މާރިޔާ ޓެސްޓު ހައްދަވާފައި ވަނީ އިއްޔެގެ ވަގުތެއްގައެވެ. އެޗްޕީއޭ އިން ވަނީ މާރިޔާ ބައްޔަށް ނެގެޓިވްވުމުން، އެކަމަނާގެ ކަރަންޓީނު އުވާލާފައިވާކަން އެކަމަނާއަށް އަންގާފައެވެ.

ރާއްޖޭގައި ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު ދަށްވާން ފަށާފައިވާ އިރު، ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވް މީހުންގެ ތެރެއިން ބައްޔަށް ފަރުވާ ދޭ 1300 މީހަކު މިހާރުވެސް އެބަތިއްބެވެ. އިއްޔެ ވެސް ރާއްޖެއިން އިތުރު 75 މީހަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ.


ކިޔުންތެރިންގެ ހިޔާލު


-7

ސަރުކާނު

29-Sep-2020

ހެދުމެއް ތުރުކުރެއްވިޔަސް މިހުންނަނަވަނީ އެއާމެދު މީހުން އެ ކަމުނުދާނެޔޭ ބުނާކަހަލަ ހެދުމެއް ލައިގެން. ކީއްތަވާނީ ސަލީބް ރަމްޒް ނުވާކަހަލަ އެްޗެއްލިއްޔާ



ޓްރެންޑިން