ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު
ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު
ދިވެހިން މިއަދު އިހުސާސް ކުރަމުން މިދަނީ ޤައުމުގެެ ދިފާއުގައި ޤައުމީ ބަޠަލުންވީ ޤުރުބާނީން ލިބުނު މިނިވަންކަން ކަމަށް ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު ވިދާޅުވެއްޖެއެވެ.

ނަސްރުގެ ދުވަހުގެ މުނާސަބަތުގައި މީސް މީޑިއާގައި މިއަދު ޙިއްސާ ކުރެއްވި މެސެޖެއްގައި ޑރ. ޝަމްހީދު ވަނީ ނަސްރުގެ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ދިވެހި ރައްޔިތުންނަށް އަރިސްކުރައްވާފައެވެ.

ހަމައެއާއެކު ޑރ. ޝަމްހީދު ވިދާޅުވީ، މިއަދު ދިވެހިން އިހުސާސް ކުރަމުން މިދާ މިނިވަންކަމަކީ، ކޮންމެފަދަ ހާލެއްގައިވެސް ކެރިގެން ޤައުމާއި ރައްޔިތުންގެ ދިފާއުގައި ނިކުތް ޤައުމީ ބަޠަލުންވި ޤުރުބާނީ ކަމަށެވެ.

"3 ނޮވެމްބަރު 1988 ގައި ރާއްޖެއަށް ކުރިމަތިކުރުވި ނުރައްކާތެރި އުދުވާނީ ހަމަލާއިން ރާއްޖެ ނަސްރު ހޯދައިދީ ފުރިހަމަ މިނިވަންކަން ހޯދައިދިނުމަށް ކާބަފައިންވި ގުރުބާނީގެ ޒިކުރާ އަޅުގަނޑުމެން އަބަދުމެ އައު ކުރަންޖެހޭ." ޑރ. ޝަމްހީދު ވިދާޅުވެފައިވެއެވެ.

ޑރ. ޝަމްހީދު މިހެން ވިދާޅުވެފައިވާއިރު، ނަސްރުގެ ދުވަސް ފާހަގަކުރަނީ 1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ތިންވަނަ ދުވަހު ދިވެހި ހާއިނުންނާއި ބޭރުގެ ނިރުބަވެރި ޖަމާއަތެއް ގުޅިގެން ދިން ކުއްލި ހަމަލާއިން ދިވެހި ސިފައިންނަށް ނަޞްރު ލިބުނު ދުވަސް ފާހަގަކުރުމުގެ ގޮތުންނެވެ. މިއަދަކީ ރާއްޖޭގެ 37 ވަނަ ނަސްރުގެ ދުވަހެވެ.



ކިޔުންތެރިންގެ ހިޔާލު