ނަސްރުގެ ދުވަސް ހަނދާންކޮށްދެނީ މިނިވަންކަމާއި އަމިއްލަ ސިޔާދަތަށް އަބަދުވެސް ފާރަވެެރިވެ ތިބެންޖެހޭކަން ކަމަށް ކުރީގެ ނާއިބުރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެއެވެ.
ޖަމީލް މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުން މިދާ ނަސްރުގެ ދުވަހުގެ މުނާސަބަތާ ގުޅިގެން ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
އެގޮތުން އެކްސްގައި ހިއްސާކުރެއްވި ޕޯސްޓުގައި ޖަމީލް ވިދާޅުވީ ނަސްރުގެ ދުވަސް ހަނދާންކޮށްދެނީ މިނިވަންކަމާ އަމިއްލަ ސިޔާދަތަށް އަބަދުވެސް ފާރަވެރިވެތިބެން ޖެހޭކަން ކަމަށާއި، ގައުމުގެ ފަޚުރުވެރި ދަރިން ގައުމަށްޓަކައިވިމަތިވެރި ގުރުބާނީގެ އަގު އަބަދުވެސް ވަޒަންކުރަންޖެހޭ ކަން ކަމަށެވެ.
"މާތް الله އެފުރާނަތަކަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރައްވާށި!" ޖަމީލްގެ ޕޯސްޓުގައި ވެއެވެ.
މިއަދަކީ ރާއްޖޭގެ 37 ވަނަ ނަސްރުގެ ދުވަހެވެ. ނަސްރުގެ ދުވަސް ފާހަގަކުރަނީ 1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ތިންވަނަ ދުވަހު ދިވެހި ހާއިނުންނާއި ބޭރުގެ ނިރުބަވެރި ޖަމާއަތެއް ގުޅިގެން ދިން ކުއްލި ހަމަލާއިން ދިވެހި ސިފައިންނަށް ނަޞްރު ލިބުނު ދުވަސް ފާހަގަކުރުމުގެ ގޮތުންނެވެ.

ކިޔުންތެރިންގެ ހިޔާލު