ރާއްޖެ ސަރަހައްދުން 335 ކިލޯ މަސްތުވާތަކެތި ބަރުކޮށްގެން ލަންކާއަށް ދިޔަ ބޯޓެއް އަތުލައިގެންފިއެވެ.
ލަންކާގެ މީޑިއާތަކުގައި އެޤައުމުގެ ސަލާމަތީ ބާރުތަކާ ޙަވާލާދީ ބުނެފައިވަނީ، މިބޯޓަށް މަސްތުވާތަކެތި ބަރުކުރީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުންނެވެ.
އަދި މިބޯޓުގެ މަޢުލޫމާތު ލިބިގެން ލަންކާގެ ނޭވީން ޚާއްޞަ އޮޕަރޭޝަނެއް ފެށީ އާދީއްތަ ދުވަހުގެ ފަތިހުއެވެ. އެދުވަހު ހެނދުނު ސީދޭވީ ނަމަކަށްކިޔާ ބޯޓު ލަންކާ ނޭވީގެ ބެލުމުގެ ދަށަށް ގެންދިޔަ ކަމަށް ލަންކާ މީޑިއާތަކުގައި ރިޕޯޓް ކޮށްފައިވެއެވެ.
އެ ބޯޓުން ހަ މީހަކު ހައްޔަރު ކޮށްފައިވާއިރު، ޖުމުލަ 335 ކިލޯގެ މަސްތުވާތަކެތި ވަނީ އަތުލައިގެންފައެވެ.
ސީދޭވީ ބޯޓު ދިކޮވިޓާ ބަނދަރަށް ގެންގޮސް ޗެކް ކޮށްފައިވާއިރު 251 ކިލޯ 18 ގްރާމް ކްރިސްޓަލް މެތާއި 85 ކިލޯ ހެރޮއިން ފެނިފައިވެއެވެ. އެތަކެތީގެ މަގުމަތީ އަގަކީ ގާތްގަނޑަކަށް 5 ބިލިއަން ރުޕީސްއެވެ.
މިބޯޓުން ހައްޔަރުކުރި މީހުންގެ ބަންދުގެ މުއްދަތު މި މަހުގެ އަށްވަނަ ދުވަހާއި ހަމައަށް ވަނީ އިތުރުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު