ވާނުވާ ބަންދުގެ މައްސަލައަށް ހައްލު ނުހޯދޭ ސަބަބު ސާފުކޮށްދޭންޖެހޭ ކަމަށް ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު އައްބާސް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހެއްކާ ބެހޭ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހުތަކަށް ބަހުސް ކުރައްވަމުން އައްބާސް ވިދާޅުވީ، ރައީސް ޑރ. މުޢިއްޒު ވެރިކަމަށް ވަޑައިގަތުމަށް ކުރެއްވި ކެމްޕޭނުގައި ވާނުވާ ބަންދުގައި މީހުން ބޭތިއްބުން ނިމުމަކަށް ގެންނާނެ ކަމަށް ވަޢުދުވެ ވަޑައިގެންނެވި ކަމަށެވެ.
ނަމަވެސް ސަރުކާރަށް ދެއަހަރު ވެގެން ދާއިރުވެސް އެކަމަށް ޙައްލެއް ލިބިފައި ނުވާކަމަށް އައްބާސް ވިދާޅުވެފައިވެއެވެ. އެހެންކަމުން ވާނުވާ ބަންދުގެ މައްސަލައަށް ހައްލު ނުހޯދޭ ސަބަބު ސާފުކޮށްދޭންޖެހޭ ކަމަށް އައްބާސް މިއަދު ވިދާޅުވިއެވެ.
"ވާނުވާގައި ތިއްބެވި ބޭފުޅުން ވާނުވާގައި ތިބުމުގެ ސަބަބުން އެ އާއިލާތައް އެދަނީ ވަރަށް ހިތްދަތިކަން ތަހަންމަލު ކުރަމުން." އައްބާސް ވިދާޅުވިއެވެ.
އޭގެއިތުރުން އައްބާސް ވިދާޅުވީ، އިއްޒަތްތެރިންގެ މައްސަލަ ޝަރީއަތަށް ހުށަހެޅޭތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ފަޓާސް ބަރިއެއްހެން ނިންމާލާ ކަމަށެވެ. ނަމަވެސް ނިކަމެތި ރައްޔިތުންގެ މައްސަލަތައް މަޑުޖެހިފައި އޮންނަ ސަބަބު ސާފުވާންޖެހޭ ކަމަށް އައްބާސް ވަނީ ވިދާޅުވެފައެވެ.
އައްބާސް މިހެން ވިދާޅުވެފައިވާއިރު، ވާނުވާ ބަންދުގައި ގިނަ އަދަދެއްގެ ބަޔަކު ތިބެން ޖެހުމުގެ ކަންބޮޑުވުން ގިނަ ބަޔަކު ރައީސަށް ހިއްސާ ކުރުމުން، އެކަމަށް ހައްލެއް ހޯއްދަވައިދެއްވާނެ ކަމަށް ރައީސް ޑރ. މުޢިއްޒު ވަނީ ވިދާޅުވެފައެވެ.
އެކަމާގުޅިގެން ވާނުވާ ބަންދުގައި ތިބި މީހުން ޓެގް އެޅުވުމަށްފަހު ބަންދުން ދޫކޮށްލަން ކޯޓުތަކާއި ޕީޖީ ގުޅިގެން މިހާރުވަނީ ފަށާފައެވެ.

ކިޔުންތެރިންގެ ހިޔާލު