އެމެރިކާގެ ވާޖިނިއާ ސްޓޭޓްގައި ކިޔަވައިދެމުންދިޔަ ޓީޗަރެއްގެ ގަޔަށް 6 އަހަރުގެ ދަރިވަރަކު ބަޑި ޖެހުމުން، ޓީޗަރަށް 10 މިލިއަން ޑޮލަރުގެ ބަދަލު ދިނުމަށް ދަރިވަރުގެ މައްޗަށް ކޯޓުން ހުކުމްކޮށްފިއެވެ.
މި މައްސަލަ ކޯޓަށް ހުށަހަޅާފައިވަނީ އެ ޓީޗަރުގެ ފަރާތުންނެވެ. އެބީ ޒްވަރނަރ ނަމަކަށް ކިޔާ އެ ޓީޗަރު ހުށަހެޅި މައްސަލައިގައި ބުނީ 6 އަހަރުގެ އެކުއްޖާ ކްލާހަށް ބަޑިއެއް ގެނައިކަމުގެ އިންޒާރުތައް ތަކުރާރުކޮށް ދިނުމުންވެސް އިދާރީ މުވައްޒަފަކު އެކަމަށް އަޅާނުލާ ކަމަށެވެ.
މި ހާދިސާ ހިނގާފައި ވަނީ 2023 ވަނަ އަހަރުގެ ޖެނުއަރީ މަހުގައެވެ. އެކުއްޖާ އޭނާގެ ގަޔަށް ބަޑިޖެހީ ކިޔަވައިދޭ ކްލާހުގެ މޭޒު ކައިރީގައި ހުއްޓައެވެ. މި ހާދިސާގެ ސަބަބުން އޭނާ ގާތްގަނޑަކަށް ދެ ހަފްތާ ހޮސްޕިޓަލުގައި ހޭދަކޮށް، 6 ސަރޖަރީ ހަދަންޖެހުނުއިރު، މިހާރުވެސް އޭނާގެ ވާތު އަތް ފުރިހަމައަށް ބޭނުން ނުކުރެވޭ ކަމަށް ރިޕޯޓުތަކުގައި ވެއެވެ. އެ ވަޒަން އަރާފައި ވަނީ އޭނާގެ ހިތާ ވަރަށް ކައިރިއަށް ކަމުން، އެ ވަޒަން ހުންނަނީ އަދިވެސް އޭނާގެ މޭގައި ހުރެއެވެ.
މި މައްސަލައިގެ ހުކުމް އިއްޔެ ކޮށްފައިވާއިރު، ކޯޓުން 6 އަހަރުގެ ކުއްޖާގެ މައްޗަށް ހުކުމް ކުރީ 10 މިލިއަން ޑޮލަރު ޓީޗަރަށް ދެއްކުމަށެވެ.
މި ހުކުމް އިއްވުމުން އެބީ ވަނީ ވަރޖީނިއާގެ ނިއުޕޯޓް ނިއުސް ސިޓީގައި ހުންނަ ރިޗްނެކް އެލެމެންޓަރީ ސްކޫލުގެ ކުރީގެ އެސިސްޓަންޓް ޕްރިންސިޕަލް އެބޮނީ ޕާކަރގެ ފަރާތުން 40 މިލިއަން ޑޮލަރުގެ ބަދަލު ހޯދުމަށްވެސް އެދިފައެވެ. ވަކީލު ބުނީ ހަމަލާ ދިނުމުގެ ގަޑިއިރުތަކެއް ކުރިން، ގިނަ ސްކޫލް މުވައްޒަފުން ދަރިވަރުގެ ބެކްޕެކުގައި ބަޑިއެއް ހުރިކަން އެންގުމުންވެސް، އެއިރުގެ އެސިސްޓަންޓް ޕްރިންސިޕަލް އެކަމާމެދު ފިޔަވަޅު އަޅާފައި ނުވާ ކަމަށެވެ.
އެބީގެ ގާނޫނީ ވަކީލު ބުނީ މި ނިންމުމުން ފޮނުވާ މެސެޖަކީ ސްކޫލުގައި ހިނގި މިކަމަކީ ނުބައި ކަމެއްކަމާއި މިފަދަ ކަންކަމަށް ފުރުޞަތު ނުދޭނެކަމާއި، ސްކޫލުގައި ސަލާމަތްތެރިކަމަކީ އެންމެ މުހިންމު ކަމަކަށް ވާންޖެހޭނެ ކަން ކަމަށެވެ.
ބަޑި ޖެހި ކުއްޖާ ބުނީ އޭނާ އެ ބަޑި ނެގީ މަަންމަގެ ޑްރެސަރު މަތިން ކަމަށެވެ. އެހެންވެ ޓީޗަރުގެ ގަޔަށް ބަޑިޖެހި ދަރިވަރުގެ މަންމައަށް ކުޑަކުދިންނަށް އިހުމާލުވުމާއި ބަޑި ގެންގުޅުމުގެ ކުށްތަކަށް 4 އަހަރުގެ ޖަލު ޙުކުމެއްވެސް ވަނީ އިއްވާފައެވެ.
އެބީ މިހާރު އެ ސްކޫލުގައި މަސައްކަތެއް ނުކުރެއެވެ. އަދި އިތުރަށް ކިޔަވައިދިނުމުގެ ޕްލޭނެއް ނެތްކަމަށްވެސް އޭނާ ވަނީ ބުނެފައެވެ. އޭނާ މިހާރު ވަނީ ލައިސަންސްޑް ކޮސްމެޓޮލޮޖިސްޓަކަށް ވެފައެވެ.

ކިޔުންތެރިންގެ ހިޔާލު