ޑަބްލިއުއެޗްއޯ އިން ރާއްޖެއަށް ސިއްހީ އާލާތްތަކެއް ހަދިޔާ ކޮށްފި އެވެ.
ހެލްތު މިނިސްޓްރީން ބުނީ ކޯވިޑް-19އާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކަށް އެހީތެރިވެދިނުމުގެ ގޮތުންނާއި ސިއްހީ ދާއިރާ އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ އިން މިއަދު ރާއްޖެއަށް ބައެއް ސާމާނު ހަދިޔާކޮށްފައިވާ ކަމަށެވެ.
އެގޮތުން މިއަދު ހަވާލުކުރި ތަކެތީގެ ތެރޭގައި ޕޯޓަބަލް ޑިޖިޓަލް އެކްސްރޭ މެޝިނާއި ލެބޯޓަރީ އާލާތްތަކާއި ޓެސްޓްކިޓްތައް ހިމެނެއެވެ. މި ތަކެތި މިނިސްޓްރީއާ ހަވާލުކޮށްފައިވަނީ އެކަމަށްޓަކައި އެޗްއީއޯސީގައި ބޭއްވި ރަސްމިއްޔާތެއްގައި ޑަބްލިއުއެޗްއޯގެ ފަރާތުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ މަންދޫބު ޑރ. އަރުވިންދު މާތޫރެވެ.
ހެލްތް މިނިސްޓްރީން ބުނީ މިތަކެތިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމުކޮށްފައިވާ އައިސީޔޫތަކާއި ލެބޯޓްރީތައް އިތުރަށް ތަރައްގީ ކުރެވިގެންދާނެ ކަމަށެވެ. ޑަބްލިއުއެޗްއޯއިން ވަނީ މީގެ ކުރިންވެސް ރާއްޖެއަށް ސިއްޙީ ދާއިރާގައި ބޭނުންކުރާ ގިނަ ޢަދަދެއްގެ އާލާތްތައް ހަދިޔާ ކޮށްފައެވެ.

Handover Ceremony of Medical and Laboratory items to the Maldives
— Ministry of Health (@MoHmv) September 26, 2020
by the World Health Organization.@WHOMaldives pic.twitter.com/e0X30u3sfd
ހެލްތް މިނިސްޓްރީން ބުނީ މިތަކެތިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމުކޮށްފައިވާ އައިސީޔޫތަކާއި ލެބޯޓްރީތައް އިތުރަށް ތަރައްގީ ކުރެވިގެންދާނެ ކަމަށެވެ. ޑަބްލިއުއެޗްއޯއިން ވަނީ މީގެ ކުރިންވެސް ރާއްޖެއަށް ސިއްޙީ ދާއިރާގައި ބޭނުންކުރާ ގިނަ ޢަދަދެއްގެ އާލާތްތައް ހަދިޔާ ކޮށްފައެވެ.
ކިޔުންތެރިންގެ ހިޔާލު