މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ވަޙީދު (ވައްޑެ)
މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ވަޙީދު (ވައްޑެ)
މީހެއްގެ ހައްގަކަށް އަރައިގަތުމަކީ ހަމައެކަނި މީހެއްގެ އަތުގައި އޮތް އެއްޗެއް ފޭރިގަތުމެއް ނޫން ކަމަށް މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ވަޙީދު (ވައްޑެ) ވިދާޅުވެއްޖެއެވެ.

ވައްޑޭ މިހެން ވިދާޅުވެފައި މިވަނީ 206 މަޝްރޫޢެއް ބިޑަކާ ނުލާ އަމިއްލަ ކުންފުނިތަކާ ސަރުކާރުން ހަވާލުކުރުމާ ގުޅިގެންނެވެ. މީގެ ތެރެއިން 658 މިލިއަން ރުފިޔާގެ މަޝްރޫޢުތައް ހަވާލުކޮށްފައިވަނީ ވެރިކަން ކުރާ ޕީއެންސީގެ ބައެއް މަޖިލިސް މެމްބަރުންގެ މަސްލަހަތު އޮންނަ ކުންފުނިތަކާއެވެ.

މިކަމާ ގުޅިގެން އެކްސްގައި ހިއްސާކުރި ޕޯސްޓުގައި ވައްޑޭ ވިދާޅުވީ މީހެއްގެ ހައްގަށް އަރައިގަތުމަކީ ހަމައެކަނި މީހެއްގެ އަތުގައި އޮތް އެއްޗެއް ފޭރުން އެކަންޏެއް ނޫން ކަމަށެވެ.

އަދި މީހަކަށް އިންސާފުވެރި ހަމަޔަކުން ހައްގުވާ ވަޒީފާއެއް، މަސައްކަތެއް، ކޮންޓްރެކްޓެއް ނުދީ އެހެން ފަރާތަކަށް (ގާތްކްމަށްޓަކައި) ދިނުމަކީވެސް ހައްގު ފޭރުން ކަމުގައި ވައްޑޭ ވަނީ ވިދާޅުވެފައެވެ.



މިގޮތަށް ބީލަމަށް ނުލައި ކުންފުނިތަކާ ޕްރޮޖެކްޓުތައް ހަވާލު ކުރުމުން އިދިކޮޅު ފަރާތްތަކުންނާއި ބައެއް އާންމުންގެ ފަރާތުންވެސް ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ސަރުކާރުން ބިޑަކާ ނުލާ ޕްރޮޖެކްޓްތައް ޙަވާލުކުރި ކުންފުނިތަކުގެ ތެރޭގައި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ގެ އަނބިކަނބަލުންގެ ނަމުގައި އޮތް ވައިޓު ލިންކްސް ޕްރައިވެޓް ލިމިޓެޑާއި، ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީގެ ދެ ކުންފުންޏެއް ކަމުގައިވާ ސްވިފްޓު އިންޖިނިއަރިން އަދި މިމްސް ކޮންސްޓަރަކްޝަން އާއި މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު މައިނާ ސްޕޯޓްސް ފީލްޑް އަދި ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީމްގެ އަލްޓެކް ހިމެނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް