ހުޅުމާލެ އެކްސިޑެންޓް
ހުޅުމާލެ އެކްސިޑެންޓް
ހުޅުމާލޭގައި މިއަދު ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

އެގޮތުން ހުޅުމާލޭ ބޮޑުމަގުގައި މިއަދު ހިނގި މި އެކްސިޑެންޓްގައި ކާރެއް ވަނީ ކެފޭއެއްގެ ތެރެއަށް ވަދެފައެވެ.

މި އެކްސިޑެންޓްގެ ފޮޓޯތަކުން ފެންނަނީ ރަތް ކުލައިގެ ކާރު މަގުގެ އެއްފަރާތުގައި ހުރި ކެފޭއެއްގެ ތެރެއަށް ވަދެފައިވާ ތަނެވެ. ކާރު ކޮންޓްރޯލް ނުވެގެން ގޮސް ވަދެފައިވަނީ އޮލިވް ޓްރީ ކިޔާ ކެފޭއެއްގެ ތެރެއަށެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވި ނަމަވެސް ކެފޭއަށާއި ކާރަށް ވަނީ ގެއްލުންތަކެއް ލިބިފައެވެ.

ފުލުހުން ބުނީ މިމައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް