މަރްޔަމް ނަހްދާ ވަޙީދު   9 ނޮވެމްބަރު 2025 - 9:21
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު-
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު-
ދެކުނު އެފްރިކާގައި ބޭއްވުމަށް ހަމަޖެހިފައިވާ ޖީ20 ސަމިޓުގައި ބައިވެރިނުވާނެކަން އެމެރިކާއިން އިއުލާން ކޮށްފިއެވެ.

ޓްރޫތް ސޯޝަލްގައި ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ދެކުނު އެފްރިކާގައި އެ ސަމިޓް ބޭއްވުމަށް އެއްބަސްވެވެން ނެތް ކަމަށް ފާހަގަކުރައްވައިފައެވެ.

އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވެންސް އެ ސަމިޓަށް ފޮނުވުމަށް ކުރިން ނިންމާފައިވީ ނަމަވެސް އެއްވެސް އޮފިޝަލަކު ބައިވެރިނުވުމަށް މިހާރު ވަނީ ނިންމައިފައެވެ.

ޓްރަމްޕް ވިދާޅުވީ އެފްރިކާގައި ގަތުލުއާންމުތައް ހިންގަމުންގެންދާ ކަމަށާއި އެމެރިކާ ސަރުކާރުގެ އެއްވެސް އޮފިޝަލަކު އެ ސަމިޓުގައި ބައިވެރިނުވާނެ ކަމަށެވެ.

މިމަހުގެ ފަހުކޮޅު ދެކުނު އެފްރިކާގެ ޖޮހޮނަސްބާގްގައި ބޭއްވުމަށް ހަމަޖެހިފައިވާ ޖީ20 ސަމިޓު އެމެރިކާއިން ބޮއިކޮޓް ކުރަން ނިންމި ނަމަވެސް މި ސަމިޓުގައި ދުނިޔޭގެ ބޮޑެތި ގައުމުތަކުން އިސްވެރިން ބައިވެރިވާނެ ކަމަށް ރިޕޯޓުތަކުގައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް