އިންޑި އާއި ރާއްޖެއާ ދެމެދު ފެށި ކާގޯ ފެރީގެ ޚިދުމަތާއެކު ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، އިންޑިއާ އާއި ރާއްޖެއާއި ދެމެދު މުދާ އުފުލުމަށް ފެށި ކާގޯ ފެރީގެ ޚިދުމަތާއި ގުޅޭގޮތުން ކުރެއްވި ޓުވީޓެއްގައެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ކުރެއްވި ޓުވީޓުގައި އެމަނިކުފާނު ވަނީ، އިންޑިއާގެ ކޮޗިންއިން ކުޅުދުއްފުށި ސިޓީއަށް ކާގޯ ފެރީގެ ޚިދުމަތް ފެށިގެންދިޔަކަމަށްޓަކާ އިންޑިއާގެ ބޮޑުވަޒީރަށާއި، އިންޑިއާ ސަރުކާރަށް ޚާއްސަ ޝުކުރެއް އަދާކުރައްވާފައެވެ.



ރައީސް ޞާލިޙް ވިދާޅުވީ، މިއީ ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން، އިތުރަށް ބަދަހި ވެގެންދާނެކަމެއް ކަމަށާއި މި ޚިދުމަތުގެ ސަބަބުން ދިވެހިންގެ ދިރިއުޅުމަށްވެސް ހެޔޮ އަސަރުތަކެއް ކުރާނެކަމަށެވެ.

ކޮޗިން އިން އައި ފުރަތަމަ ކާގޯ ފެރީ ކުޅުދުއްފުއްޓަށް ބަނދަރުކޮށްފައިވަނީ ހޮނިހިރު ދުވަހު ހެނދުނު 6:30 ހާއިރުއެވެ. އިންޑިއާގެ ކޮޗިންއިން ކާގޯއާ އެކީ އައި، މި ފުރަތަމަ ފެރީއަކީ އެއްފަހަރާ 3000 ޓަނުގެ މުދާ އުފުލޭ ބޯޓެކެވެ. ފުރަތަމަ ދަތުރުގައި ކުޅުދުއްފުއްޓަށް 500 ޓަނުގެ ސިމެންތިއާއި، އަދި އެހެނިހެން ބާވަތްތަކުގެ މުދާ ހިމެނޭ 2 ކޮންޓެއިނަރު ގެނެސްފައިވެއެވެ.

ކުޅުދުއްފުއްޓަށް މުދާ ހުސްކުރުމަށްފަހު ބޯޓު ދެން ދަތުރުކުރާނީ މާލެ ޕޯޓަށެވެ. ބޯޓު އިންޑިއާއާއި ރާއްޖެއާއި ދެމެދުކުރާ ކޮންމެ ދަތުރަކަށް 10 ދުވަސް ހޭދަވާނެކަމަށް މޯލްޑިވްސް ޝިޕިންއިން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން