ސ.ހިތަދޫ
ސ.ހިތަދޫ
ރާއްޖޭގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލު ކުރުމަށް އެއް ތަނުން އަނެއް ތަނަށް ދަތުރު ކުރުމުގައި ކަރަންޓީނު ކުރުމާއި ކަރަންޓީނު ކުރުމުގައި އަމަލު ކުރަންޖެހޭ އައު އުސޫލު އާންމުކޮށްފިއެވެ.

މީގެ ކުރިން އާންމުކުރި ކަރަންޓީން އުސޫލު ބާތިލްކޮށް ރޭ އާންމުކުރި އުސޫލުގައި ވަނީ ކަރަންޓީން ވާންޖެހޭނެ މީހުންނާއި ކަރަންޓީން ވުމުގައި އަމަލު ކުރަން ޖެހޭ ގޮތް އަދި ކަރަންޓީންވާ ތަނެއް ހުންނަން ޖެހޭ ގޮތްވެސް ބަޔާންކޮށްފައެވެ.

އައު އުސޫލުގައި ބުނެފައިވަނީ ކަރަންޓީން ވާން ޖެހެނީ ރާއްޖެއިން ބޭރުން އަންނަ މީހުންނާއި މާލެއިން ރަށްރަށަށް ދާ މީހުންނާއި މާލެއިން ރިސޯޓްތަކަށް ދާ މީހުންނާއި ރިސޯޓްތަކުން ރަށްރަށަށް ދާ މީހުންނާއި ގެސްޓް ހައުސްތައް ހުންނަ ރަށްރަށުން އެހެން ރަށްރަށަށް ދާ މީހުންނާއި ސިނާއީ މަސައްކަތް ކުރާ ރަށްރަށުން އެހެން ރަށްރަށަށް ދާ މީހުން އަދި ކޮމިއުނިޓީ ސްޕްރެޑް އޮތް ރަށަކުން ސިނާއީ މަސައްކަތް ކުރާ ރަށަކަށް ދާ މީހުން ކަމަށެވެ.

އުސޫލުގަައި އެކި ކެޓަގަރީތަކުން ކަރަންޓީންވާ މީހުން އަމަލުކުރަން ޖެހޭ އުސޫލުތައް ވަރަށް ތަފްސީލްކޮށް ބަޔާން ކޮށްފައިވެއެވެ. ކަރަންޓީން ވާން ޖެހެނީ 14 ދުވަހަށެވެ. އަދި އޭގެ ފަހުން ބައްޔަށް ޓެސްޓް ކުރާގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި ޓެސްޓް ޕޮޒިޓިވްވެއްޖެނަމަ ޕޮޒިޓިވްވާ މީހުންނާމެދު އަމަލު ކުރާ އުސޫލުން އަމަލު ކުރެވޭނެ ކަމަށް ބުނެފައިވެއެވެ.

ކަރަންޓީން މުއްދަތުގައި ގެއިން ބޭރަށް ނިކުމެ އުޅުމަކީ މަނާ ކަމެކެވެ. އަދި ކަރަންޓީން މުއްދަތުގައި އެ ގެއަކަށް އެހެން މީހުން ވަނުމާއި އެ ގެއެއްގައި އުޅޭ ބަޔަކު ބޭރަށް ނިކުމެ އުޅުން ވަނީ މަނާކޮށްފައެވެ. އަދި ކޮންމެހެން ބޭރަށް ނިކުންނަން ޖެހިއްޖެ ހާލަތެއްގައި އެކަން ކުރެވޭނީ އެޗްޕީއޭގެ ހުއްދަ ލިބިގެން ކަމަށްވެސް އުސޫލުގައި ބުނެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން