މި ސަރުކާރުން ކަންކަން ކޮށްދެނީ ކަރުދާހުގައި ކަމަށާއި، މުވައްޒަފުންގެ މުސާރަ ބޮޑުކުރި ކަމަށް ބުނާއިރު، ދެބައިކުޅަ އެއްބައި މުވައްޒަފުންގެ މުސާރަ ވީ ކުޑަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އަންނަ އަހަރުގެ ބަޖެޓަށް ބަހުސް ކުރަށްވަމުން ޣަފޫރު ވިދާޅުވީ، ސަރުކާރުން ހުށަހަޅާފައިވާ ބަޖެޓަކީ ނާޗަރަންގީއަށް ރައްޔިތުންގެ ފައިސާއިން 64 ބިލިއަން ރުފިޔާ އިސްރާފް ކުރުމަށް ހުށަހެޅި ބަޖެޓެއް ކަމަށެވެ.
އެރޮނގުން ބަހުސް ކުރިއަށް ގެންދަވަމުން ޣަފޫރު ވިދާޅުވީ، ސަރުކާރުން ކޮންމެ ކަމެއްވެސް ކުރަނީ އޮޅުވާލުމެއްގެ ތެރެއިން ކަމަށާއި އެގޮތުން ހިލޭ އައިނު ހަދައިދިނުމާއި، މުވައްޒަފުންގެ މުސާރަ ބޮޑުކުރުންވެސް އޮތީ އެފަދަ ގޮތަކަށް ކަމަށެވެ.
"ބަޖެޓުގައި އެބައޮތް 2000 މިލިއަން ރުފިޔާ އައިޖީއެމްއެޗަށް އެކަށައަޅާފަ. އަޅުގަނޑު ހިތަށް އަރާ މުޅި އައިޖީއެމްއެޗް ރަނުން އަޅަންތޯ ސަރުކާރުން މިއުޅެނީ. ކީއްތޯ ކުރަން މިއުޅެނީ؟" ޣަފޫރު ސުވާލު އުފައްދަވާފައިވެއެވެ.
ހަމައެއާއެކު، ސަރުކާރުން ޑޮލަރުގެ އަގު ތިރިވާނެ ކަމަށް ބުނި ނަމަވެސް މިއަދު ޑޮލަރުގެ އަގު ހުރީ 20 އިން މަތީގައި ކަމަށާއި އަންނަ އަހަރުގެ މެދާ ހިސާބަށް ދާއިރު ޑޮލަރު ރޭޓު 25 ރުފިޔާގައި ހުއްޓިފައި ހުންނާނެ ކަމަށްވެސް ޣަފޫރު ވިދާޅުވެފައިވެއެވެ.
އޭގެއިތުރުން ޣަފޫރު މިއަދު ވިދާޅުވީ، ސަރުކާރުން ހުށައަޅާފައިވާ ބަޖެޓުން އެއްވެސް ކަމެއް ސާފުނުވާ ކަމަށާއި، ދަރަނިން ދަރަނި އުފައްދައިގެން އިޤްތިޞާދީ ޙާލަތު ރަނގަޅު ނުކުރެވޭނެ ކަމަށެވެ. އަދި މިއީ ތަފްސީލެއްނެތް ގާނޫނާ ގަވާއިދާ ޚިލާފަށް ހުށަހެޅިފައިވާ ބަޖެޓެއް ކަމަށްވެސް ޣަފޫރު ވިދާޅުވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު