މި ސަރުކާރު ވެރިކަމަށް އައި ފަހުން މިދިޔަ ދެ އަހަރުގެ ބަޖެޓު ހުސްކޮށްލާފައިވާއިރު، ވެލިދޫ ދާއިރާގައި ތަރައްގީގެ މަޝްރޫއެއް ނިމިފައި ނުވާ ކަމަށް ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި އަންނަ އަހަރަށް ލަފާކޮށް ހުށައަޅާފައިވާ ބަޖެޓަށް ބަހުސް ކުރަށްވަމުން އައްބާސް ވިދާޅުވީ، މިދިޔަ އަހަރާއި މި އަހަރުގެ ބަޖެޓުގެ ގޮތުގައި ޖުމްލަ 110 ބިލިއަން ރުފިޔާ ހުސްކޮށްލިއިރު، ވެލިދޫ، ފޮއްދޫ، އަދި ޅޮހި ހިމެނޭ އޭނާ ތަމްސީލު ކުރަށްވާ ދާއިރާގެ ތިން ރަށުން ކުރެ އެއްވެސް ރަށެއްގެ އެއްވެސް މަޝްރޫއެއް ނިމިފައި ނުވާ ކަމަށެވެ.
އައްބާސް ވިދާޅުވީ، ފޮއްދޫގެ ބަނދަރުގެ މަސައްކަތް ކުރިއަށް ދަނީ ބަރަވެލި ދުވެލީގައި ކަމަށާއި، ކުރީ ސަރުކާރުން 85 ޕަސެންޓު ނިމިފައި އޮތް ނަރުދަމާގެ މަސައްކަތުގައި މި ސަރުކާރުން އެއްވެސް ކަމެއް ކޮށްފައި ނުވާ ކަމަށެވެ. މީގެ އިތުރުން، ވެލިދޫ ހޮސްޕިޓަލުގެ ބިންގާ އެޅި ގޮތަށް ހުއްޓިފައިވާ ކަމަށާއި، އިތުރު މަސައްކަތެއް ކުރާ މަންޒަރެއް ނުފެންނަ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ހަމައެއާއެކު އައްބާސް ވަނީ، ވެލިދޫ ދާއިރާގެ އިތުރުން މުޅި ރާއްޖެއަށް ބަލާއިރު އިގުތިސޯދު ހީނަރުވެ، ވިޔަފާރިތައް ބަނގުރޫޓުވެ ބަންދުކުރަން މަޖުބޫރުވެފައިވާ މަންޒަރު ފެންނަމުންދާ ކަމަށް ވިދާޅުވެފައެވެ. އަދި 2026 ވަނަ އަހަރަށް ސަރުކާރުން ހުށަހަޅާފައިވާ 64.2 ބިލިއަން ރުފިޔާގެ ބަޖެޓު އުޖާލާ ނަމަވެސް، 2024 އަދި 2025 ވަނަ އަހަރުގެ އަމަލުތަކަށް ބަލާއިރު ބަޖެޓުގައިވާ ގޮތަށް އަމަލުކުރާނެ ކަމަށް އެއްވެސް އުންމީދެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.
ދަޢުލަތުން އަންނަ އަހަރަށް ލަފާކުރަނީ 64.2 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓެކެވެ. އެއީ 43 ބިލިއަން ރުފިޔާގެ އާމްދަނީއަކާއި 57 ބިލިއަން ރުފިޔާގެ ހަރަދެއް ކަމުން، 14 ބިލިއަން ރުފިޔާގެ ދަރަންޏެއް ފޫބައްދަން ޖެހެއެވެ. އޭގެއިތުރުން ބަޖެޓުގެ 39.9 ބިލިއަން ރުފިޔާ އަކީ ރިކަރަންޓު ހަރަދު ކަމަށް މާލީ ވަޒީރު ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު