ގުޅީފަޅު
ގުޅީފަޅު
ރައީސް ޞާލިޙްގެ ސަރުކާރުން ހިންގި ބިންވެރިޔާ ސްކީމްގެ ދަށުން ގުޅިފަޅުން ގޯތި ލިބުނު މީހުންގެ ތެރެއިން އެއްބަސްވުމުގައި ސޮއިކޮށް، 2000 އަށްވުރެ ގިނަ މީހުންނަށް މިހާތަނަށް ގޯތީގެ ރަޖިސްޓްރީ ހަވާލުކޮށްފިއެވެ.

ރައީސް ޞާލިޙްގެ ސަރުކާރުން ފެށި ބިންވެރިޔާ ސްކީމްގެ ދަށުން ގުޅީފަޅުން 3548 ގޯތި ދޫކުރުމަށް ހަމަޖެހިފައިވެއެވެ.

ގޯތި ލިބުނު ފަރާތްތަކަށް ރަޖިސްޓްރީ ދޫކުރަން ފަށާފައި ވަނީ މިދިޔަ ޖުލައި މަހުގެ ކުރީކޮޅެވެ. ހިޔާވަހި ޕޯޓަލް މެދުވެރިކޮށް ރަޖިސްޓްރީއާ ހަވާލުވުމަށް އެޕޮއިންޓްމެންޓް ހެއްދުމުގެ ފުރުސަތު ހުޅުވައިލީ މިމަހުގެ ހަވަނަ ދުވަހުގެ ނިޔަލަށެވެ.

ހައުސިން މިނިސްޓްރީން ބުނީ އިއްޔެއާ ހަމައަށް 2241 މީހަކާ ރަޖިސްޓްރީ ހަވާލުކޮށްފައިވާ ކަމަށާއި، ގޯތި ލިބުނު މީހުންނާ ބިން ހަވާލުކުރުމުގެ މަސައްކަތް ވެސް މިހާރު ކުރަމުންދާ ކަމަށެވެ.

ހައުސިން މިނިސްޓްރީން ބުނީ އެޕޮއިންޓްމަންޓް ހަމަޖެހިފައިވާ ގަޑީގެ ފަހުން ޙާޟިރުވާ ފަރާތްތަކާއި ލިޔެކިޔުންތައް ފުރިހަމަނުކޮށް ޙާޟިރުވާ ފަރާތްތަކަށް އެދުވަހު ހަމަޖައްސާފައިވާ އެޕޮއިންޓްމަންޓް ކެންސަލް ކުރެވޭނެ ކަމަށެވެ. އަދި އެފަރާތްތަކަށް އަލުން އެހެން ތާރީޚަކާއި ގަޑިއަށް އެޕޮއިންޓްމަންޓަށް އެދުމުގެ ފުރުޞަތު ލިބޭނެ ކަމަށްވެސް މިނިސްޓްރީން ބުނެފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު