ޓްރެފިކު ބަލަހައްޓަނީ، ފޮޓޯ: ފުލުހުން
ޓްރެފިކު ބަލަހައްޓަނީ، ފޮޓޯ: ފުލުހުން
ހަފްތާއެއްގެ ތެރޭގައި މާލޭ ސަރަހައްދުގައި 50 އަށްވުރެ ގިނަ އެކްސިޑެންޓު ހިނގާފައިވާ ކަމަށް ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މި އެކްސިޑެންޓްތައް ހިނގާފައިވަނީ މި މަހުގެ 2 ވަނަ ދުވަހުން ފެށިގެން 8 ވަނަ ދުވަހާ ހަމައަށެވެ. މި މުއްދަތުގައި މުޅިއެކު 57 އެކްސިޑެންޓު ވަނީ ހިނގާފައެވެ.

އެގޮތުން މާލޭގައި 49 އެކްސިޑެންޓް ހިނގާފައިވާއިރު، ބްރިޖާއި ހައިވޭގައި 8 އެކްސިޑެންޓް ހިނގާފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. މިއީ ކުދި އެކްސިޑެންޓްތައް ކަމަށާއި، މީގެތެރެއިންވެސް އެންމެ ގިނައިން އެކްސިޑެންޓްވެފައިވަނީ ކާރަކާ ސައިކަލެއް ޖެހިގެން ނުވަތަ ސައިކަލަކާ ސައިކަލެއް ޖެހިގެން ކަމަށް ފުލުހުން ހާމަކުރިއެވެ.

މި އެކްސިޑެންޓްތަކުގައި 49 ވެހިކަލަށް އެކިވަރުގެ ގެއްލުން ލިބިފައިވާއިރު ދެ މީހަކަށް އަނިޔާވެފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

މީގެ ތެރެއިން ގިނަ އެކްސިޑެންޓުތައް ހިނގާފައި ވަނީ ދުވާލުއެވެ. އެގޮތުން ދުވާލު 44 އެކްސިޑެންޓު ހިނގާފައި ވާއިރު، ރޭގަނޑު ހިނގާފައިވަނީ 13 އެކްސިޑެންޓު ކަމަށް ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް