ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ އެންމެ އިސް ވެރިއަކަށް ހުންނަވާ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރގެ މަގާމަށް ސްޕްރީމް ކޯޓުގެ ކުރީގެ ރެޖިސްޓްރާ ޢާއިޝަތު ރިޒުނާ ހަމަޖައްސަވައިފި އެވެ.
ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން އުފެއްދި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ އެންމެ އިސްވެރިއަކަށް ހުންނަވާ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރގެ މަޤާމަށް މިއަދު ހަމަޖެއްސެވި ރިޒުނާއަކީ ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާ ޢަބްދުލްމުޣުނީގެ ކުރީގެ އަނބިކަބަލުންނެވެ.
ޗީފް ޖުޑީޝަލް އެޑްމިނިސްޓޭޓަރގެ މަގާމުގެ މުއްދަތަކީ ފަސް އަހަރު ދުވަހެވެ. އެ މަގާމުގައި ހުންނަވާ ބޭފުޅަކަށް އަސާސީ މުސާރައިގެ ގޮތުގައި 30500 ރުފިޔާ ލިބޭއިރު އެހެނިހެން އިނާޔާތްތަކާއެކު މުސާރައިގެ ގޮތުގައި ޖުމްލަ 47500 ރުފިޔާ ލިބޭނެއެވެ.
ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ގާނޫނަށް ގެނައި އިސްލާހްގައިވާ ގޮތުގެ މަތިން މިހާރު ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ހިނގަމުން ދަނީ ޖޭއެސްސީގެ ދަށުންނެވެ. އަދި ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރގެ މަގާމާ މައްސޫލިއްޔަތު މިހާތަނަށް އަދާކުރައްވަމުން ގެންގޮސްފައިވަނީ ޖުޑީޝަލް އެޑްމިނިސްޓްރޭޓަރގެ މަގާމުގައި ހުންނެވި އަބްދުﷲ ނަޒީރުއެވެ.
ޖޭއެސްސީގެ ގާނޫނުގައި ބުނެފައިވަނީ އެ އިސްލާހަށް އަމަލު ކުރަން ފެށުމާއެކު ޖުޑީޝަލް އެޑްމިނިސްޓޭޓަރގެ މަގާމު އުވޭނެ ކަމަށާއި އެހެން ނަމަވެސް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރގެ މަގާމުގައި ހުންނެވި ބޭފުޅަކު ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރގެ މަގާމަށް ބޭފުޅަކު ހަމަ ޖައްސަންދެން އެ މަސްއޫލިއްޔަތު އަދާ ކުރައްވަން ވާނެކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު