ޑަބަލް ޕެންޝަނާއި ޑަބަލް ހެލްތު އިންޝޫރަންސަކީ ނިމުމަކަށް ގެންނަން ޖެހޭ ކަންކަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަދި މަޝްހޫރު ޤާނޫނީ ވަކީލު ޢަލީ ޙުސައިން ވިދާޅުވެއްޖެއެވެ.
ޢަލީ މިހެން ވިދާޅުވީ، ޕެންޝަން ސްކީމުގެ މަޤްސަދާ ޚިލާފަށް ބައެއް މުއައްސަސާތަކުން އަމިއްލަ ގަވައިދު ހަދައިގެން "ޑަބަލް ޕެންޝަން" ދިނުމަކީ، ކުރިއަށް އޮތް 10 އަހަރުގެ ތެރޭގައި ދައުލަތުގެ ބަޖެޓަށް ބޮޑު ބުރައެއް ކުރިމަތިވާނެކަމެއް ކަމަށް އޮޑިޓަރ ޖެނެރަލް ހުސެއިން ނިޔާޒީ ވިދާޅުވުމާ ގުޅިގެންނެވެ.
އެކަމާ ގުޅިގެން ޢަލީ ވިދާޅުވީ، "ޔުނިވާސަލް ހެލްތު ކެއަރ އޮންނަ ގައުމެއްގައި އިތުރު ހެލްތު އިންޝޫރަންސް ތަކެއް ދައުލަތުގެ އެކިއެކި މުއައްސަސާ ތަކުގައި އޮންނަން ނުވެސް ޖެހޭ" ކަމަށެވެ.
ޢަލީ މިހެން ވިދާޅުވެފައިވާއިރު، 2026 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަށް ޚިޔާލު ހުށައަޅުއްވަމުން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި އޮޑިޓަރ ޖެނެރަލް ވަނީ، މި މައްސަލައަށް ހައްލެއް ހޯދުމުގެ މުހިންމުކަން ފާހަގަ ކުރަށްވާފައެވެ.
އެގޮތުން ދައުލަތުގެ ޕެންޝަން ނިޒާމުގެ ދެމެހެއްޓެނިވި ކަމާމެދު ސުވާލު އުފައްދަވަމުން ނިޔާޒީ ވިދާޅުވީ 2010 ވަނަ އަހަރު ތައާރަފްކުރި "ޑިފައިންޑް ބެނެފިޓް ސްކީމް" އަކީ ދެމެހެއްޓެނިވި ނިޒާމެއް ނޫންކަމަށާއި، މުއްސަނދި ގައުމުތަކުން ވެސް މިހާރު ކޮންޓްރިބިއުޓަރީ ސްކީމަށް ބަދަލުވެފައިވާކަން ފާހަގަ ކުރަށްވާފައެވެ.
އޭގެ އިތުރުން 2026 ވަނަ އަހަރަށް ހުށަހެޅި ބަޖެޓުގައި ޑަބަލް ޕެންޝަންގެ މައްސަލަ ހައްލުކުރުމަށް އިސްކަން ދެވިފައި ނެތްކަމަށް ނިޔާޒީ ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު