އެމްއެމްއޭއިން ފައިސާ ދީގެން ސަރުކާރުގެ ބޮންޑެއް ޕެންޝަން ފަންޑުން ގަންނަން ހިންގާ މުއާމަލާތުގެ ސަބަބުން ބާޒާރުގައި ނެތް ފައިސާގެ ޕްރެޝަރެއް އުފެދިދާނެ ކަމަށް ބަލައި އެ ޕްރެޝަރުތައް ހިފެހެއްޓުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު މިއަދު ވިދާޅުވެއްޖެއެވެ.
މުނައްވަރު މިހެން ވިދާޅުވީ، އަންނަ އަހަރުގެ ބަޖެޓް ދިރާސާކުރަމުން އަންނަ މަޖިލީހުގެ ކޮމިޓީއަށް ހާޒިރުވެ، 2.5 ބިލިއަން ރުފިޔާގެ ބޮންޑުގެ މުއާމަލާތާ ގުޅޭގޮތުން މެންބަރުން ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.
އެގޮތުން ކޮމިޓީގައި ގަވަރުނަރު މުނައްވަރު ވިދާޅުވީ، އެމްއެމްއޭއިން އެ ޕްރޮޕޯސަލްއާ މެދު ދެކެނީ އިންވެސްޓްމަންޓެއްގެ ގޮތުގައި ކަމަށެވެ. ނަމަވެސް، ބާޒާރަށް އަތުވެދާނެ ޕްރެޝަރެއް ހިފެހެއްޓުމަށް މަނިޓަރީ ސިޔާސަތުތަކަށް ގެންނަން ޖެހޭ ބަދަލުތައް ދިރާސާކޮށް، އެ ބަދަލުތައް ގެންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"ހަމަ ބޯޑުގެ ލަފާގެ މަތިން، މިސާލަކަށް އޯޕަން މާކެޓް އޮޕަރޭޝަންތަކެއް ގެންދަން ޖެހުނަސް، މަނިޓަރީ ސިޔާސަތަށް ގެންނަން ޖެހޭ ބަދަލުތަކެއް އަޅުގަނޑުމެން ގެންނާނަން،" މުނައްވަރު ވިދާޅުވިއެވެ.
މުނައްވަރު މިހެން ވިދާޅުވެފައިވާއިރު، އިގުތިޞާދީ ބައެއް ތަޖުރިބާކާރުންގެ ނަޒަރުގައި، މިކަމަކީ ނުސީދާކޮށް ސަރުކާރުގެ ހަރަދުތައް ހަމަޖައްސަން އެމްއެމްއޭއިން ސަރުކާރަށް ދަރަންޏަށް ފައިސާ ދޫކުރުމެވެ. މީގެ ނަތީޖާއަކީ ފައިސާ ޗާޕުކުރުން ނުވަތަ އިގުތިސޯދުގައި މިވަގުތު ދައުރުވަމުން ނުދާ ފައިސާ އެމްއެމްއޭއިން އިގުތިޞާދުގެ ތެރެއަށް ނެރުން ކަމަށް އެފަރާތްތަކުން ބުނެއެވެ.
އެމްއެމްއޭއަށް މިހާރު ލިބިފައިވާ ޕްރޮޕޯސަލްއާ ގުޅިގެން، ޕެންޝަން އޮފީހުގެ ބޯޑުގެ އަގުލަބިއްޔަތުން ނިންމާފައިވަނީ 2.5 ބިލިއަން ރުފިޔާ ސަރުކާރުގެ ޓީ-ބޮންޑެއްގައި އިންވެސްޓްކުރުމަށެވެ. މި މުއާމަލާތުގެ ތެރެއިން ފިނޭންސް މިނިސްޓްރީން ހުށަހަޅާފައިވާ 2.5 ބިލިއަނެއްހާ ރުފިޔާގެ އާ ޓީބިލަކަށް ޕެންޝަން ފަންޑުން އިންވެސްޓް ކުރުމަށްޓަކައި، ޕެންޝަން ފަންޑުގައި ހުރި ކުރީގެ ޓީބިލްތައް އެމްއެމްއޭއަށް ވިއްކައިގެން ފައިސާ ހޯދާނެއެވެ.
އޭގެ އިތުރުން މިއަދުގެ ކޮމިޓީގައި މުނައްވަރު ވަނީ މުވައްޒަފުންގެ މުސާރަތައް އެއްފަހަރާ ބޮޑުކުރުމުން މިހާރަށްވުރެ ފައިނޭންސިން މާކެޓުގައި ޕްރެޝަރު ބޮޑުވެދާނެ ކަމަށާއި، އެހެންކަމުން ބަހާލައިގެން މުސާރަތައް ބޮޑުކުރަން ލަފާދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު