އަދާލަތު ޕާޓީގެ ރައީސް އިމްރާން
އަދާލަތު ޕާޓީގެ ރައީސް އިމްރާން
ވެރިކަމާ ފައިސާއާ ޖެހުނީމާ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކުރިމަތީގައި ދީނާއި ގައުމިއްޔަތަކީ އެއްވެސް އެއްޗެއްނޫން ކަމަށް އަދާލަތު ޕާޓީގެ ރައީސް އިމްރާން ވިދާޅުވެއްޖެއެވެ.

އިމްރާން މިހެން ވިދާޅުވެފައި ވަނީ މިއަދު އަދާލަތު ޕާޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

އެގޮތުން އިމްރާން ވިދާޅުވީ ރައީސް މުއިއްޒު ދީނޭ ނުވަތަ ގައުމިއްޔަތޭ ކިޔަނީ ދެކަމެއް ހާސިލް ކުރުމަށްކަން ރައްޔިތުންނަށް އެނގެން ޖެހޭ ކަމަށެވެ. އެއީ ބާރާއި ވެރިކަމުގައި ހުރުމާއި، ފައިސާ ހޯދުން ކަމުގައި އިމްރާން ވަނީ ވިދާޅުވެފައެވެ.

އެހެންވީމާ، ރައީސް މުއިއްޒުގެ ކުރިމަތީގައި އެމަނިކުފާނުގެ ވެރިކަމާއި ފައިސާއާ ޖެހުނީމަ، ދީނާއި ގައުމިއްޔަތަކީ އެކައްޗެއްވެސް ނޫން ކަމަށް އިމްރާން ވިދާޅުވިއެވެ.

މީގެ އިތުރުން އިމްރާން ވިދާޅުވީ މިއަދު މިފެންނަނީ ބޮޑެތި ޖަރީމާ ހިންގަވައިގެން، ދުނިޔޭގަ ތިބި އެންމެ ބޮޑު ކްރިމިނަލްސް އަތުން ފައިސާ ހޯއްދަވައިގެން، ރާއްޖޭގެ މިނިވަންކަމާއި ދީނާއި ސިޔާދަތު ވިއްކައިގެން ވެރިކަމުގައި ހުންނަން ރާވާ ރޭވުންތައް ކަމަށެވެ.

މިކަން މިގޮތަށް ވާން ދޫކޮށްލައިގެން އަދާލަތު ޕާޓީން ނުތިބޭނެ ކަމަށާއި، މިކަމާ ދެކޮޅަށް ރައްޔިތުންނާއެކު މަސައްކަތް ކުރައްވާނެ ކަމަށް އިމްރާން ވަނީ ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް