ސަރުކާރުން "އޮޕަރޭޝަން އަލިމަގު" ގެ ނަމުގައި ހިންގި ބޮޑު ޑްރަގު އޮޕަރޭޝަނަށް އަދާލަތު ޕާޓީގެ ރައީސް އިމްރާން ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
މިއަދު އަދާލަތު ޕާޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އިމްރާން ވިދާޅުވީ މިފަދަ ބޮޑެތި އޮޕަރޭޝަންތަކުގައި މުޅި ދުނިޔޭގައިވެސް ކަންކުރަމުން އަންނަ ގޮތަކީ، އޮޕަރޭޝަންތައް ހިންގުމަށްފަހު އޭގެ ނަތީޖާއާ ހަމައަށް އައުމުން އެވާހަކަތައް ދެއްކުން ކަމަށެވެ. ނަމަވެސް އޮޕަރޭޝަން ރަނގަޅަށް ރޭވުމުގެ ކުރިން ނިކުމެ ރައީސް މުއިއްޒު އެކަން އިއުލާން ކުރެއްވި ކަމަށް އިމްރާން ވަނީ ވިދާޅުވެފައެވެ.
މިގޮތަށް އިއުލާން ކުރުމުން މަސްތުވާތަކެތީގެ ވިޔަފާރިކުރާ ބޮޑެތި ފަރާތްތަކުން، ކަނޑުމައްޗަށް ނިކުމެ އެމީހުން ފޮރުވަންޖެހޭ އެއްޗެއް ފޮރުވާފައިވާ ކަމަށާއި، އޭގެ ސަބަބުން އެމީހުން މިއަދު ތިބީ ފުލުހުން އަތުޖެހޭ ހިސާބަކު ނޫންކަމަށް އިމްރާން ވިދާޅުވިއެވެ.
"މި ލެވެލްގެ ކަންކަން މި ކުރަނީ. ދުނިޔޭގެ އެއްވެސް ތާކު ކުރާކަމެއް ނޫން މިއަކީ. މިކަހަލަ ބޮޑު އޮޕަރޭޝަނެއް ޖައްސާ ކަމުގައިވަނީނަމަ ރަނގަޅަށް އޮޕަރޭޝަން ރާވާފަ، ޑިޒައިން ކޮށްފަ، އިމްޕްލިމެންޓު ކޮށްފަ ދެން ނިކުމެ ނަތީޖާގެ ވާހަކަ ދައްކަނީ. މިއަދު ފުރަތަމަ އިއުލާން ކޮށްލީމަ މީގެ އެއްވެސް ނަތީޖާއެއް ނުނެރެވޭނެ. މިއަކުން ލިބޭނެ އެއްވެސް ފައިދާއެއް ނޯންނާނެ." އިމްރާން ވިދާޅުވިއެވެ.
އިމްރާން ވިދާޅުވީ މިގޮތަށް މިކަން އިއުލާން ކުރުމާ ގުޅިގެން ފުލުހުންގެ އޮޕަރޭޝަން ހިންގަމުންދާ ފަރާތްތަކަށް ގޭންގުތަކުގެ ބޮޑުން މިހާރު އިންޒާރުދެމުން ދާކަމަށެވެ.
"މުއިއްޒު ވަރަށް މޮޅަށް މިކަން މިކުރީ. އަޅުގަނޑަށް މިކަމުން އެނގުނީ ރައީސް މުއިއްޒުގެ އެއްވެސް އިޚްލާސްތެރިކަމެއް ނެތްކަން. ފަހަރެއްގާ ދެން ހޯމް މިނިސްޓަރުގެ ކޮންމެވެސް އިޚްލާސްތެރިކަންފުޅެއް މީގަ ނެތެކޭ ނުބުނެވޭނެ. އެމަނިކުފާނު ހަމަ ހަގީގަތުގައިވެސް މިކަން ކުރަން އުޅުއްވާކަން ކޮންމެވެސް ވަރަކަށް ފެނޭ. އެހެންނަަމަވެސް ރައީސް މުއިއްޒުގެ ކިބަޔަކުން މިއިން ކަމެއް ނުފެނޭ. ކޮންމެ ކަމަކީވެސް ހަމަ ދޮގުހެދުމެއް، އޮޅުވާލުމެއް، ރައްޔިތުންނަށް ހަމަ ކޮންމެވެސް ކަހަލަ މަކަރެއް ހެދުން ނޫން ކަމެއް ނުކުރައްވާ،" އިމްރާން ވިދާޅުވިއެވެ.
މުޅި ރާއްޖޭގެ 100 އަށްވުރެ ގިނަ ތަންތަނުގައި އެއްވަގުތެއްގައި ހިންގި މި ޑްރަގު އޮޕަރޭޝަންގައި 500 އަށްވުރެ ގިނަ ފުލުހުން ބައިވެރިވިއެވެ. މި އޮޕަރޭޝަންގައި 97 މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެެވެ. އަދި މި އޮޕަރޭޝަންގައި މަސްތުވާތަކެއްޗާއި މިކަމުގެ ވިޔަފާރިކުރުމަށް ބޭނުންކުރާ އެއްޗެހި ފެނިފައިވާކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު