އެއަރޕޯޓްސް އޮތޯރިޓީ އޮފް އިންޑިއާ ( އޭއޭއައި) އިން ދިވެހި ރާއްޖޭގެ ހަނިމާދޫ އިންޓަރނޭޝަނަލް އެއަޕޯޓު ބޮޑުކުރުމަށް 800 މިލިއަން ޑޮލަރުގެ މަޝްރޫޢެއް ފަށާފައިވާ ކަމަށް ވޯލްޑް އޭވިއޭޝަން ނިއުސްއިން ބުނެފިއެވެ.

ވޯލްޑް އޭވިޝަން ނިއުސްގައި ރިޕޯޓް ކޮށްފައިވާ ގޮތުގައި މިއީ އުމްރާނީ ތަރައްގީގެ ދާއިރާއިން ރާއްޖެގައި ހިންގޭ އެންމެ ބޮޑު މަޝްރޫއެވެ. މި މަޝްރޫޢަށް އިންޑިޔާއިން ދީފައިވާ 800 މިލިއަން ޑޮލަރުގެ އެހީއަކީ އިންޑިޔާގެ އެކްސިމް ބޭންކް މެދުވެރިކޮށް ދީފައިވާ ދަރަންޏެއް ކަމަށްވެސް ވޯލްޑް އޭވިޝަން ނިއުސްގައި ރިޕޯޓްކޮށްފައި ވެއެވެ.

މި މަޝްރޫއުގެ ދަށުން ހަނިމާދޫ އެއަރޕޯޓްގެ ޓަރމިނަލް ހެދުމާއި އެއަރޕޯޓްގައި ފިއުލް ފާމަކާއި ފަޔާ ސްޓޭޝަނެއް ހެދުމުގެ މަސައްކަތް ކުރެވޭނެއެވެ. މީގެ އިތުރުން ހަނިމާދޫ އެއަރޕޯޓްގެ ރަންވޭ 2200 މީޓަރަށް ބޮޑުކޮށް އެއަރބަސް 320 މަރުކާގެ ފްލައިޓުތަކާއި ބޮއިންގ 737 މަރުކާގެ ފްލައިޓުތައް ޖެއްސޭވަރަށް އެއަރޕޯޓް ތަރައްގީ ކުރަންވެސް ވަނީ ހަމަޖެހިފައެވެ.

މި މަޝްރޫޢާއި ގުޅިގެން ހުސްވިހަފުތާގައި އެއަރޕޯޓްސް އޮތޯރިޓީ އޮފް އިންޑިއާ ( އޭއޭއައި)ގެ ޓީމެއް ރާއްޖޭގެ އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލްއާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނާވެސް ވަނީ ބައްދަލް ކޮށްފައެވެ.

މިމަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ނިންމާފައި ވަނީ 2021 ވަނަ އަހަރުގެ ކުރީކޮޅުގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން