ދިވެހި އަންހެނުންނަށް ނިސްބަތްކޮށް އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ދެއްކެވި ވާހަތަކަތަކަކީ އަންހެނުންގެ އަގުވައްޓާލުމަށް ދެއްކެވި ވާހަކަތަކެއް ކަމުގައި ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް މިއަދު ވިދާޅުވެއްޖެއެވެ.

އިދިކޮޅު ފަރާތްތަކުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝުޖާއު ވިދާޅުވީ މިއަދު އިންޑިއާ އިން ފޮނުވީ މުދާ އުފުލާ އާގު ބޯޓެއް ކަމަށާއި މާދަމާ ދިވެހި އަންހެނުން ކައިރިއަށް އެގައުމުން ފޮނުވާނީ "މަތިމަސްލީ" ފިރިހެނުން ކަމަށެވެ. މަޖާޒީ ގޮތަކަށް ޝުޖާ ދެއްކެވި މިވާހަތަކާއި ގުޅިގެން ސޯޝަލް މީޑިޔާގައި ގިނަބަޔަކު ދަނީ އޭނާއަށް ފާޑުކިޔަމުންނެވެ، އެގޮތުން ގިނަބަޔަކު ބުނަމުންދަނީ ޝުޖާގެ މި މަލާމާތަކީ ދިވެހި އަންހެނުންނަށް ކުރި ވަރަށް ދަށު ދަރަޖައިގެ މަލާމާތެއް ކަމަށެވެ.

ޝުޖާގެ މިވާހަތަކާއި ގުޅިގެން ސަރުކާރު ހިންގާ އެމްޑީޕީގެ މެމްބަރު ރޮޒޭނާ އާދަމް ވިދާޅުވީ ސިޔާސީ ގޮތުން ރައްދު ދޭންވެސް ދައްކަން ޖެހޭ ވާހަތަކާއި ނުދައްކަންޖެހޭ ވާހަތައް ހުންނާނެކަމަށެވެ. ދިވެހި އަންހެނުންނަކީ ގޮތްހުސްވެ މަގު މަތިވެފައިވާ ބައެއްކަމަށް ދެއްކުމަކީ އަންހެނުންގެ އަގެއް ނެތްކަން ދެއްކުމަށް ކުރެއްވި ކަމެއްކަމަށް ރޮޒޭނާ ވިދާޅުވި އެވެ.

"ދިވެހި އަންހެނުންނަށް ނިސްބަތްކޮށް މިފަދަ އެއްޗެހި ވިދާޅުވާކަން މިއީ ދެރަކަމެއް. ކޮންމެ ކަމަކާއި ގުޅިގެންވެސް އަންހެނުން ނިކަމެތިކޮށް، ގޮތްހުސްވެފަތިބި ބައެއް ކަމަށް ދޭހަވާގޮތަށް ބަސް ބުނުން ހުއްޓާލައި ސިޔާސީ ރައްދުދޭ އިރު އަންހެނުންނަށް އަމާޒު ތި ކުރަނީ ކޮން ބޭނުމެއްގައިތޯ." ރޮޒޭނާ ވިދާޅުވިއެވެ.

ރޮޒޭނާގެ ވާހަތަކަށް ރައްދު ދެއްވަމުން ޝުޖާއު ވިދާޅުވީ އޭނާ ދެއްކި ވާހަތަކުން ސަރުކާރަށް ވަރަށް އަސަރު ކޮށްފި ކަމަށެވެ. އަދި ކާގޯ ފެރީއަކީ ދިވެހިންނަށް ފައިދާހުރި ފެރީއެއް ނޫންކަމަށާއި، އެއީ ދިވެހި ރައްޔިތުންނަށް އެކަމުން ގެއްލުންތަކެއް ކުރިމަތި ކުރުވާނެ ކަމެއްކަމަށެވެ. ޝުޖާއުގެ ރައްދުގައި ރޮޒޭނާ ދެއްކެވި ވާހަތަކަށް ރައްދު ދިނުމުގެ ބަދަލުގައި އޭނާގެ ފާޑުވިދާޅުވުން އަމާޒު ކުރެއްވީ ކާގޯ ފެރީއަށްކަން ފާހަގަކޮށްލެވެ އެވެ.

"ސަރުކާރަށް ވަރަށް އަސަރުކޮށްފި. އަންހެނުންގެ ހައްގުތަކުގެ ވާހަކަ ދައްކާފަ ވެރިކަން ލިބުނީމަ އެންމެން ބައިބަހައިގެން މުޅި ދައުލަތް ތި ހުސްކޮށްލީ. ކޮޗިން ފެރީއަކީ ބޮޑު ނުރައްކަލެއް. އެއާ ބަބުލްއިން އަންނާނީ ހަމަ އެކަހަލަ މީހުން. މި ރާއްޖޭގައި ދަރިފަސްކޮޅެއް ނޫފެދޭނެ. މޮޔަނުވެބަަލަ ރޮޒޭނާ." ޝުޖާއު ރައްދުގައި ވިދާޅުވި އެވެ.

އިދިކޮޅު ކޯލިޝަނުން ބޭއްވި ޕްރެސްގައި އިންޑިއާގެ ކޮޗިން ފެރީއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންް ޝުޖާއު ވިދާޅުވީ މާދަމާ އިންޑިއާ ފެރީ މެދުވެރިކޮށް ދިވެހި އަންހެނުން ގާތަށް "މަތިމަސްލީ" މީހުންވެސް ފޮނުވާނެ ކަމަށެވެ. އަދި ދުވަސްތަކެއް ފަހުން ފެންނާނީ ކަނބަލުން "ބަލިވެ އިންނަ" ތަން ކަމަށް ވެސް ޝުޖާއު ވަނީ ވިދާޅުވެފައެވެ. ޝުޖާޢު މަޖާޒީ ގޮތެއްގައި ޖެއްސެވި މި މިސާލާއިއެކު މީސްމީޑިއާގައި އޭނާވަނީ ހޫނުފެނަށް ވެއްޓިފައެވެ.


ކިޔުންތެރިންގެ ހިޔާލު


2

ޝާން މަހަމޫދު

29-Sep-2020

ސަފާރީ ރޯޔަލް ކޭސް ގައި ރޮޒޭނާ ހަނު... ޙަސަން ބަނޑޭ ކޭސް ގައި ހަނު... އެކަމަކު ފެމިނިސްޓުކާޑު ކުޅެން ތިއުޅެނީ


1

ތާތު

29-Sep-2020

އަންހެނުންނާއި ނުބެހި ނުހުރެވޭ ދޯހަމަ.



ޓްރެންޑިން