ރާއްޖެ އެތެރެކުރާ ކޮންޓެއިނާތައް ސްކޭން ކުރުމުގެ ނިޒާމެއް ގާއިމްކުރުމަށް 51 މިލިއަން ރުފިޔާ ބޭނުންވާކަމަށް ކަސްޓަމްސްއިން ބުނެފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ކޮމިޓީގައި ކަސްޓަމްސްގެ އިސްވެރިން އިއްޔެ ވިދާޅުވީ، ކޮންޓެއިނާ ސްކޭނަރު އިންސްޓޯލް ކުރުމުން ކަސްޓަމްސްގެ މަސައްކަތްތައް އިތުރަށް ހަރުދަނާވެ، ކޮންޓެއިނަރ ހުޅުވައިގެން ބަލަންޖެހޭ ކަންކަން ސާފުވާނެ ކަމަށެވެ. އަދި ކަސްޓަމްސްގެ މުވައްޒަފުންނަކީ ބައެއް ފަހަރަށް ގޯސް އަޑުތައް އިވުނަސް، އިހުލާސްތެރި މަސައްކަތްތަކެއް ކުރާ ބައެއްކަމަށް ޑެޕިއުޓީ ކޮމިޝަނަރު ޖެނެރަލް އަބްދުﷲ މަފާޒް ވިދާޅުވިއެވެ.
ހަމައެއާއެކު ކޮންޓެއިނާތައް ސްކޭންކުރާ ނިޒާމުގެ ސަބަބުން ރަނގަޅު ވިޔަފާރިވެރިންނާއި ސުވާލު އުފެދޭ ވިޔަފާރިވެރިން ފާހަގަ ކުރެވޭނެ ކަމަށާއި، ސްކޭން ސިސްޓަމް ޤާއިމުކުރުމަށް ބޭނުންވާ ޖުމްލަ 51 މިލިއަން ރުފިޔާ ނުލިބި އެ މަސައްކަތް ކުރިއަށް ގެންދިއުމަށް ދަތިވާނެކަން ފިނޭންސް މިނިސްޓްރީއާ ހިއްސާކޮށްފައިވާނެ ކަމަށް ކަސްޓަމްސުން ބުނެފައިވެއެވެ.
އޭގެއިތުރުން ކަސްޓަމްސް އިން މިއަދު ބުނީ، މި މަސައްކަތުގައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ޖާގައިގެ ދަތިކަން ކަމަށެވެ. އެގޮތުން ކޮންޓެއިނާ ސްކޭނަރު ބަހައްޓަން 10 މީޓަރުގެ ޖާގައެއް ބޭނުންވާއިރު، ރޭޑިއޭޝަން ސަލާމަތަށް 50 މީޓަރުގެ ޖާގައެއް ބޭނުންވެއެވެ. ނަމަވެސް 10 މީޓަރުގައި ލެޑް އިންސިއުލޭޓެޑް ފާރެއް ބެހެއްޓުމުން 50 މީޓަރުގެ ޖާގަ ބޭނުންނުވާނެކަން ކަސްޓަމްސްއިން ފާހަގަ ކޮށްފައިވެއެވެ.
މިއަދުގެ ބައްދަލުވުމުގައި ބަޖެޓް ކޮމިޓީގެ މުގައްރިރު އަހުމަދު ސަލީމް ވިދާޅުވީ، ކޮންޓެއިނާތައް ސްކޭން ކުރުމުގެ ނިޒާމެއް ގާއިމްކުރުމަށް ފިނޭންސް މިނިސްޓްރީން ފައިސާ ހަމަޖައްސައިދޭނެކަމުގެ ޔަގީންކަން ދީފައިވާ ކަމަށާއި، އެ މަސައްކަތަށް 15 މިލިއަން ރުފިޔާ ފުރަތަމަ ފިޔަވައްސަށް ދޫކުރާނެ ކަމަށެވެ.
މި ބައްދަލުވުމުގައި އެމްޕީއެލްއިން ވެސް ވަނީ، ޖާގައިގެ ދަތިކަން ފާހަގަކޮށް، މާލޭގެ ބަނދަރުގައި އެންމެ ރަނގަޅު ފެންވަރުގެ މެޝިނެއް ނުބެހެއްޓިދާނެކަމަށް ބުނެ، މޮބައިލް ނުވަތަ ފަސޭހައިން އުފުލައި ގެންދެވޭ ސްކޭނަރެއް ހޯދުމަށް މަސައްކަތް ކުރަމުންދާކަމަށް ބުނެފައިވެއެވެ.
ކޮންޓެއިނާތައް ސްކޭން ކުރުމުގެ ނިޒާމެއް ގާއިމްކުރުމަށް ކަސްޓަމްސް އާއި އެމްޕީއެލްގެ ވެރިން އެދިފައިވާއިރު، ސައޫދީ އަރަބިއްޔާގެ ބިންލާދިން ގުރޫޕުގެ ނަމުގައި ރާއްޖެއަށް ވަގަށް އެތެރެ ކުރަން އުޅެނިކޮށް މިދިޔަ އޭޕްރިލް މަހުގެ 26ގައި ކަސްޓަމްސްއިން ހިފަހައްޓައި އެމްޕީއެލްގެ ހުޅުމާލޭ އިންޓަނޭޝަނަލް ޓާމިނަލުގައި ބަހައްޓާފައި ހުރި 40 ފޫޓުގެ ދެ ކޮންޓެއިނަރު އޭގައި ހުރި 1،360 ކޭސް ސިނގިރޭޓާއި އެކު ވަގަށް ނެގި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު