ދޯއްޏެއް މަސްބާނަނީ: މާލެ އަތޮޅުގައި އެންދަމަން މޫދަށް ފޭބި މީހަކު މިއަދު ވަނީ މަރުވެފައި
ދޯއްޏެއް މަސްބާނަނީ: މާލެ އަތޮޅުގައި އެންދަމަން މޫދަށް ފޭބި މީހަކު މިއަދު ވަނީ މަރުވެފައި
މާލެ އަތޮޅުގައި އެންދަމަން އުޅުނު ނ. މާޅެންދޫ ދޯންޏެއްގެ މަސްވެރިއަކު ނިޔާވެއްޖެއެވެ.

މާޅެންދޫ ކައުންސިލުން ބުނީ އެންދަމަން ފޭބި އެ ރަށުގެ މަސްވެރިއަކު ނިޔާވެފައިވާ ކަމުގެ މައުލޫމާތު ލިބިފައި ވަނީ މިއަދު ހެނދުނު 9:00 ހާއިރު ކަމަށާއި ނަމަވެސް އެ ހާދިސާ ހިނގާދިޔައީ ކިހިނެެއް ކަމެއް މިހާތަނަށް ސާފު ނުވާ ކަމަށެވެ. ނިޔާވީ ގާތްގަނޑަކަށް 50 އަހަރުގެ ފިރިހެނެއް ކަމަށްވެސް ކައުންސިލުން ބުނެ އެވެ.

ުއެކަމާ ގުޅިގެން ފުލުހުންގެ ބަހެއް އަދި ނުލިބެއެވެ. މަސްދޯނިފަހަރުން އެންދަމަން ފީނުމުގައި އެކަށީގެންވާ ރައްކާތެރި ކަމުގެ ފިޔަވަޅުތައް ނޭޅުމާއި ތަމުރީނު ނުހޯދައި ވައިފުޅި ބޭނުންކޮށްގެން އެންދަމަން ފީނުން ފަދަ ކަންކަމާއި ގުޅިގެން މިފަދަ ހިތާމަވެރި ހާދިސާތައް މިހާރަކަށް އައިސް ދިމާވަމުންދާކަން ފާހަގަކުރެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން