މާލެ ސިޓީ ކައުންސިލުން ފޮނުވާ އެއްވެސް ސިޓީއަކަށް ޖަވާބު ނުލިބުމާއި، އަދި ސިޓީ ކައުންސިލަށް ދޭންޖެހޭ ހުރިހާ އެއްބާރުލުމެއް ދެމުންދާއިރުވެސް އޮޑިޓުގެ މަސައްކަތްތައް ލަސްވަމުންދާތީ، މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް މިއަދު އޮޑިޓަރ ޖެނެރަލްއާ ބައްދަލުކުރެއްވުމަށް އޮޑިޓް އޮފީހަށް ވަޑައިގެންފިއެވެ.
މޭޔަރު އާދަމް އާޒިމް މިއަދު ވިދާޅުވީ، މާލެސިޓީ ކައުންސިލް އޮޑިޓް ނުކުރާތާ ދިހަވަރަކަށް އަހަރު ވެފައިވާ ކަމަށާއި، އޭނާ ސިޓީ ކައުންސިލާ ހަވާލުވުމާއެކު އެކައުންސިލް އޮޑިޓް ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ފެށިކަމަށެވެ.
އާޒިމް ވިދާޅުވީ، މާލެސިޓީ ކައުންސިލް ހިންގުމުގެ ކަންކަން ދޯދިޔާވެފައި ހުރި މިންވަރު ރައްޔިތުންނަށް އެނގޭނެ ކަމަށާއި، ސިޓީ ކައުންސިލާ ހަވާލުވުމަށްފަހު އެންމެ ފުރަތަމަވެސް އެ ކައުންސިލްގެ ކަންކަން ހިނގައި ގޮސްފައިވާ ގޮތުގެ ފުރިހަމަ އޮޑިޓެއް ގެނެސް ދެއްވުމަށް އޮޑިޓަރ ޖެނެރަލްގެ އަރިހުން އެދިވަޑައިގެންފައި ވާނެ ކަމަށެވެ. އަދި އޮޑިޓް ކުރުމުގެ މަސައްކަތަށް ބޭނުންވެގެން އޮޑިޓް އޮފީހުން އެދުނު ވަރަށްވުރެވެސް ގިނަ މައުލޫމާތުތައް ހިއްސާކޮށްފައިވާނެ ކަމަށް އާޒިމް ވިދާޅުވިއެވެ.
ނަމަވެސް އޭގެފަހުން މިއަދާ ހަމައަށްވެސް އެކަމުގައި އެއްވެސް އަލިމަގެއް ފެނިފައި ނުވާކަމަށާއި، އޮޑިޓްގެ ކަންކަން ލަސްވެ، އަދި އެކަމާ ގުޅިގެން ސިޓީ ކައުންސިލުން ފޮނުވަމުންދާ އެއްވެސް ސިޓީއަކަށް ޖަވާބެއްވެސް ނުލިބުމުން، އޮޑިޓަރ ޖެނެރަލްއާ ބައްދަލުކުރަން މިއަދު ވަޑައިގެންނެވީ މިކަންކަމުގެ ހައްލެއް ހޯދުމަށް ކަމަށް އޭނާ މިއަދު ވިދާޅުވިއެވެ.
އޭގެއިތުރުން އާޒިމް ވިދާޅުވީ، ދައުލަތުގެ މާލިއްޔާތުން އޮޑިޓަރ ޖެނެރަލް އޮފީހަށް ބޮޑެތި ބަޖެޓުތައް ކަނޑައަޅާފައި ވާއިރު، މިހާރަށްވުރެ ޒިންމާދާރުވާން ޖެހޭ ކަމަށެވެ. އަދި ރާއްޖޭގައި ދެވަނައަށް އެންމެ ބޮޑު އިދާރާކަމަށްވާ މާލެސިޓީ ކައުންސިލަށް އިސްކަން ދެއްވައިގެން މަސައްކަތް ކުރެއްވޭނަމަ މިއަދާ ހަމައަށް މި މައްސަލަ ދިމާނުވާނެ ކަމަށާއި، އަދި މިއީ ވަރަށް ބޮޑު އިހުމާލެއް ކަމަށް އާދަމް އާޒިމް ވަނީ ސިފަކުރަށްވާފައެވެ.
އަދި މާލެސިޓީގެ ހިންގުން މިހާރަށްވުރެވެސް ހަރުދަނާ ކުރެއްވުމަށް ބޭނުންފުޅުވާތީ، ވީހާވެސް އަވަހަކަށް އެ އިދާރާ އޮޑިޓްކުރުމުގެ ކަންކަން ނިންމެވުމަށް އޮޑިޓަރ ޖެނެރަލް އަށް ގޮވާލަށްވާ ކަމަށް މޭޔަރު އާދަމް އާޒިމް މިއަދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު