ޒިކުރާ މިސްކިތް އަޅަން ހަވާލުކުރި އެސްޖޭގެ އިސް ބޭފުޅަކާއި ޑރ. ޒިޔާދު
ޒިކުރާ މިސްކިތް އަޅަން ހަވާލުކުރި އެސްޖޭގެ އިސް ބޭފުޅަކާއި ޑރ. ޒިޔާދު
ޒިކުރާ މިސްކިތް ބިނާކުރުމުގެ މަސައްކަތް އެސްޖޭ ކޮންސްޓްރަކްޝަނާ ހަވާލުކޮށްފައިވަނީ ޤާނޫނާއި ޤަވާޢިދާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް ކުންފުނިން ބުނެފިއެވެ.

އެސްޖޭ ތަމްސީލުކުރާ ލޯ ފާމް ކަމުގައިވާ އެޑްވޮކަސީ ޗެމްބާސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ކުންފުނިން މި މަޝްރޫޢު ކާމިޔާބުކުރުމުގައި ޤާނޫނާއި ޤަވާޢިދާ ޚިލާފު އެއްވެސް ޢަމަލެއް ހިންގާފައިނުވާނެ ކަމަށެވެ. އެގޮތުން ބީލަމަށް ހުޅުވާ ނުލައި މި މަސައްކަތް އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ މާލިއްޔަތު ޤަވާޢިދުގައި ބުނެފައިވާ ފަދައިން ވަޒީރުންގެ މަޖިލިސް ނުވަތަ އެ މަޖިލިހުގެ ކޮމިޓީއެއްގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ ފަރާތަަކަށް ބިޑުކުރުމަކާ ނުލައި މަސައްކަތް ހަވާލުކުރެވިދާނެ ކަމަށް ބުނެފައި އޮންނަ އުސޫލުން ކަމަށް އެ ބަޔާނުގައިވެއެވެ. އަދި މި މަޝްރޫޢު އެސްޖޭއާ ހަވާލުކުރުމުގެ ކުރިން މިނިސްޓްރީން ހޯދަންޖެހޭ ހުއްދަތައް ހޯދުމަށް ރައީސް އޮފީހުގައި ދަންނަވާފައިވާ ކަމަށާއި، ރައީސް އޮފީހުން އެކަމުގައި ބަލަންޖެހޭ ކަންކަން ހުރުމުން ފިނޭންސް މިނިސްޓްރީގެ ލަފައަކަށް އެދިފައިވާކަން، މިނިސްޓްރީން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކޮށްފައިވޭތޯ ބެލުމުން އެނގިފައިވާ ކަމުގައިވެސް އެ ބަޔާނުގައި ބުނެފައިވެއެވެ. 

އަދި ފިނޭންސް މިނިސްޓްރީން ތައްޔާރުކުރި ރިޕޯޓުގައި ބުނެފައިވާ ގޮތުން ދައުލަތަށް އެންމެ ބުރަކުޑަވާނެ ގޮތަށް ޕްރޮޕޯޒަލް ހުށަހަޅާފައިވަނީ އެސްޖޭ ކަމަށާއި، އެ ކުންފުންޏަކީ އަންލިމިޓެޑުކޮށް ބިޑުކުރުމުގެ ހުއްދަ ދީފައިވާ ކުންފުނިތަކުގެ ކެޓެގަރީގައި ހިމެނޭ ކުންފުންޏެއް ކަމުގައިވެސް އެ ބަޔާނުގައި ބުނެފައިވެއެވެ. އޭގެ އިތުރުން 2016 ވަނަ އަހަރާއި 2017 ވަނަ އަހަރުގައި އެ ކުންފުނިން 200 މިލިއަން ރުފިޔާގެ ޕަބްލިކް އިންފްރާސްޓްރަކްޗާ މަސައްކަތްތައް ކާމިޔާބުކަމާއެކު ނިންމާފައިވާ ކަމަށް އެ ކުންފުނިން  ބުނެ އެވެ.

އެ ކުންފުނިން ބުނީ، މި މަޝްރޫޢު އެސްޖޭއާ ހަވާލުކުރަން ފެންނަ ކަމަށް ފިނޭންސް މިނިސްޓްރީން އިކޮނޮމިކް ކައުންސިލަށް ހުށަހެޅުމުން، އެ ކައުންސިލުން މަޝްރޫޢު އެސްޖޭއާ ހަވާލުކުރަން ނިންމި ކަމަށާއި، އެގޮތަށް ނިންމިކަން 3 ޖޫން 2018 ވަނަ ދުވަހު އެ ކައުންސިލުން އިސްލާމިކް މިނިސްޓްރީއަށް އެންގި ކަމަށެވެ. އަދި މި މަޝްރޫޢު ހަވާލުކޮށްފައިވަނީ ވާދަވެރި ބީލަމުގެ އުޞޫލުގެ ތެރެއިން ކަމަށް ދެއްކުމަށް ބައެއް ފަރާތްތަކުން މަސައްކަތްކުރި ނަމަވެސް މި މަޝްރޫޢު ހަވާލުކޮށްފައިވަނީ ބީލަންކުރުމަކާ ނުލައި މަސައްކަތް ހަވާލުކުރުމާ ގުޅޭ ގޮތުން މާލިއްޔަތު ޤާނޫނުގައި އޮންނަ އުޞޫލުގެ ދަށުންކަން އެނގޭ ކަމަށާއި، އެހެންކަމުން ކަމުގެ ހަގީގަތް ބަލައިނުލާ ވާހަކަދައްކާ ފަރާތްތަކުގެ ވާހަކަ ޤަބޫލުނުކުރުމަށްވެސް އެ ކުންފުނިން ވަނީ އެދިފައެވެ.

ޒިކުރާ މިސްކިތް ހުރި ބިމުގައި 10 ބުރީގެ މިސްކިތެއް ބިނާކުރުމުގެ މަޝްރޫޢު އެ ކުންފުންޏާ ހަވާލުކުރީ ޤާނޫނާއި ޤަވާޢިދުގެ ތެރެއިން ކަމަށް އެސްޖޭ ކޮންސްޓްރަކްޝަނުން ބުނެފައިވާއިރު، މި މައްސަލާގައި ކުރީގެ އިސްލާމިކް މިނިސްޓަރުގެ މައްޗަށް މަޤާމުގެ ހައިސިއްޔަތު ބޭނުންކޮށްގެން ނަހަމަ ފައިދާއެއް ހޯދައިދިނުމުގެ ކުށުގެ ދައުވާ ކޮށް އެމައްސަލަ މިހާރު ވަނީ ކްރިމިނަލް ކޯޓަށް ފޮނުވާފައެވެ. މީގެ އިތުރުން އިސްލާމިކް މިނިސްޓްރީގެ އެންޑޯޒްމަންޓް ސެކްޝަންގެ ކުރީގެ ވެރިޔާ އިބްރާހިމް އަބްދުﷲ ސައީދުގެ މައްޗަށް އެމައްސަލައިގައި ދައުވާ އުފުލުމަށްވެސް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ވަނީ ކްރިމިނަލް ކޯޓަށް ހުށަހަޅާފައެވެ.


ކިޔުންތެރިންގެ ހިޔާލު


-1

علي وحيد

29-Sep-2020

إنشاء الله ، ކޮންމެ ފެށުމެއްގަ ނިމުމެއްވެސް ވާނެފަދައިން ލާދީނީ އެމްޑީޕީގެ ކޯލިސަންގެ ވެރިކަންވެސް ނިމުމަކަށް އަންނާނެކަން ކަށަވަރު



ޓްރެންޑިން