ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ތަމްސީލު ކުރައްވާ ސިޔާސީ ޕާޓީ ބަދަލުކޮށްފި ނަމަ ނުވަތަ އެ ޕާޓީން ވަކިކޮށްފި ނަމަ މެންބަރުކަން ގެއްލުމުގެ ކުރިން އެ ދާއިރާގެ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަންޖެހޭ ގޮތަށް ހެދުމަށް އަދި އަތޮޅު ކައުންސިލްތައް އުވާލަން ގާނޫނުއަސާސީ އަށް ހުށަހެޅި އިސްލާހު ބަލައިގެންފިއެވެ.
ސަރުކާރުގެ ފަރާތުން މި އިސްލާހު ހުށަހެޅުއްވީ ބާރަށު ދާއިރާގެ ޕީއެންސީގެ މެންބަރު އިބްރާހިމް ޝުޖާއުއެވެ. މި އިސްލާހު މަޖިލީހުން ބަލައިގެންފައި ވަނީ 56 މެމްބަރުންގެ ވޯޓާއެކު އެވެ. ބިލާ ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓު ދެއްވާފައެއް ނުވެއެވެ.
މި ބިލްގެ ބަހުސްގައި ޕީއެންސީގެ ބައެއް މެމްބަރުން ވަނީ މެންބަރުންނާ ގުޅޭ ގޮތުން ރައްޔިތުންގެ އާންމު ވޯޓާ ނެގުމާ ދެކޮޅަށް ވާހަކަ ދައްކަވައި، އެ ކަމަށް ތާއިދު ނުކުރާ ކަން ހާމަކުރައްވާފައެވެ.
މަޖިލީހުގެ މެންބަރަކު ތަމްސީލު ކުރައްވާ ސިޔާސީ ޕާޓީ ބަދަލުކޮށްފި ނަމަ ނުވަތަ އެ ޕާޓީން ވަކިކޮށްފި ނަމަ މެންބަރަކު ކަން ގެއްލޭ ގޮތަށް ގާނޫނުއަސާސީ އިސްލާހުކުރީ މިދިޔަ އަހަރުގެ ފަހުކޮޅެވެ. މި ގާނޫނަށް ސްލާހު ހުށަހެޅުމުގެ ސަބަބެއް ކަމަށް ޝުޖާއު ވިދާޅުވީ، ރައްޔިތުންގެ މަޖިލިހުގެ މެމްބަރަކު ތަމްސީލު ކުރާ ސިޔާސީ ޕާޓީގެ މެމްބަރު ކަމުން އެ މެމްބަރަކު ވަކިކުރާ ހާލަތު ގައި އެ މީހަކު ރައްޔިތުންގެ މަޖިލިހުގެ މެމްބަރު ކަމުން ވަކި ކުރުމުގެ އިޖުރާއަތުތައް ގާނޫނު އަސާސީގައި ކަނޑައެޅުމަށް ކަމަށެވެ.
އެގޮތުން ގާނޫނު އަސާސީގެ 73 ވަނަ މާއްދާ އަށް ހުށަހަޅާފައިވާ އިސްލާހުގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލިހުގެ މެމްބަރަކު ތަމްސީލު ކުރާ ސިޔާސީ ޕާޓީގެ މެމްބަރު ކަމުން ގާނޫނު ގައި ބަޔާން ކުރާ ގޮތުގެ މަތިން ވަކިކުރާ ހާލަތުގައި، އެ މީހަކު މަޖިލީހުގެ މެމްބަރު ކަމުން ވަކިވާނީ އިންތިޚާބުވި ދާއިރާގެ ރައްޔިތުންގެ ޚިޔާލު ހޯދުމަށް ގާނޫނުގައި ބަޔާން ކުރާ ގޮތުގެ މަތިން ނަގާ އާންމު ވޯޓެއްގައި އެމީހަކު ރައްޔިތުންގެ މަޖިލިހުގެ މެމްބަރު ކަމުން ވަކިކުރުމަށް ވޯޓު ދިން މީހުންގެ އަޣުލަބިއްޔަތު ލިބިއްޖެނަމަ ކަމަށެވެ.
އަދި ވަކި ކުރުމަށް އަޣުލަބިއްޔަތު ނުލިބިއްޖެނަމަ އެ މީހަކު ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ކަމުގައި ދެމިހުންނާނީ ވަކި ސިޔާސީ ޕާޓީ އަކަށް ނިސްބަތް ނުވާ މެމްބަރެއްގެ ގޮތުގައި ކަމަށް ވެސް އިސްލާހުގައި ވެއެވެ.
ހަމަ އެއާއެކު އެމީހަކު އިންތިޚާބުވި ރައްޔިތުންގެ މަޖިލީހުގެ އުމުރުގެ ތެރޭގައި ސިޔާސީ ޕާޓީއެއްގެ މެމްބަރަކަށް ވެއްޖެނަމަ މަޖިލީހުގެ މެމްބަރު ކަމުން ވަކިވާނެ ކަމަށް ވެސް ހުށަހެޅުމުގައި ވެއެވެ.
މީގެއިތުރުން ޝުޖާއު ހުށަހަޅުއްވާފައިވާ އިސްލާހުގައި ވަނީ، އަތޮޅު ކައުންސިލް ވުޖޫދުކުރަން، ގާނޫނުއަސާސީގެ 230 ވަނަ މާއްދާގެ ށ. އިން ރައީސް އަށް ދީފައިވާ ބާރު އުނިކުރާށެވެ.
އަދި އަތޮޅު ކައުންސިލުން އެކުލެވިގެންވާ ގޮތް ބަޔާންކުރާ މާއްދާ އާއި އަތޮޅު ކައުންސިލުތައް އިންތިހާބު ކުރަން ވޯޓު ނަގަންޖެހޭ ގޮތް ބަޔާން ކުރާ މާއްދާ ވެސް އުނިކުރަން ޝުޖާއު ހުށަހެޅުއްވި އެވެ.
މީގެ އިތުރުން، ރަށު ކައުންސިލްތަކުގެ ރައީސުންނާއި ސިޓީ ކައުންސިލްތަކުގެ މޭޔަރުން ހޮވާނީ އެ ދާއިރާއެއްގެ ރައްޔިތުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުން ކަމަށް ވެސް ގާނޫނުއަސާސީގެ 231 ވަނަ މާއްދާއަށް ހުށަހަޅާފައިވާ އިސްލާހުގައި ބަޔާންކޮށްފައި ވެއެވެ.
އަންނަ އަހަރު ލޯކަލް ކައުންސިލް އިންތިހާބު ބާއްވަން ޖެހޭނީ މި އިސްލާހުތަކާ އެއްގޮތަށް ކަމަށް ވެސް ކަނޑައަޅަން ޝުޖާއު ވަނީ ހުށަހަޅުއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު