ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ކޮމިޓީން، 2026 ވަނަ އަހަރަށް ސަރުކާރުން ހުށަހެޅި 64.2 ބިލިއަން ރުފިޔާގެ ދައުލަތުގެ ބަޖެޓު ފާސްކޮށްފިއެވެ.
މި ބަޖެޓު ސަރުކާރުން ހުށަހެޅި ގޮތަށް ބަޖެޓް ފާސްކުރަން ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ ހުށަހެޅުއްވުމުން، އެގޮތަށް ފާސްކުރީ 10 މެންބަރުންގެ ވޯޓުންނެވެ. ނަމަވެސް އެކަމާ ދެކޮޅަށް ހަތަރު މެމްބަރަކު ވޯޓު ދެއްވި އެވެ.
ބަޖެޓް ކޮމިޓީގެ މުގައްރިރު އަދި އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމު މިއަދު ވިދާޅުވީ ފިނޭންސް މިނިސްޓްރީން، އަންނަ އަހަރު ބަޖެޓަށް ދަތިވާ ދަތިވުންތަކަށް ބޭނުންވާ ފައިސާ ހާއްސަ ބަޖެޓުގެ ތެރެއިން ދޫކުރާނެ ކަމަށް ޖަވާބު ދެއްވާފައިވާ ކަމަށެވެ. އެހެންކަމުން ބަޖެޓްގެ ޖުމްލަ ޢަދަދަށް ކޮމެޓީން އެއްވެސް ބަދަލެއް ގެނެސްފައެއް ނުވެއެވެ.
2026 ވަނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ 64.2 ބިލިއަން ރުފިޔާގެ ބަޖެޓަކީ، އާމްދަނީއެއްގެ ގޮތުގައި 50.7 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވާ ބަޖެޓެކެވެ. މިއީ ޖުމްލަ 56.6 ބިލިއަން ރުފިޔާގެ ޚަރަދެއް ހިގާނެ ކަމަށް ލަފާކޮށްފައިވާ ބަޖެޓެކެވެ. މި އަދަދުތަކަށް ބަލާއިރު، ދައުލަތަށް ލިބޭ އާމްދަނީއަށްވުރެ 5.9 ބިލިއަން ރުފިޔާގެ ބޮޑު ޑެފިސިޓެއް އަންނަ އަހަރު އަންނާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
ބަޖެޓު ކޮމިޓީން މި ބަޖެޓަށް ގިނަ ފަރާތްތަކުގެ މަޝްވަރާ ހޯދާފައިވެއެވެ. މި ބައްދަލުވުންތަކުގައި ސަރުކާރުގެ ކަމާބެހޭ ވުޒާރާތަކާއި އިދާރާތަކުގެ އިސްވެރިންނާއި މާލީ މާހިރުން ބައިވެރިވެ، ބަޖެޓާ ގުޅޭގޮތުން މައުލޫމާތު ދީފައިވެއެވެ.
ކޮމިޓީން ބަޖެޓު ފާސްކުރުމާއެކު، ދެން މި މައްސަލަ ފޮނުވާނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށެވެ. ބަޖެޓް ފާސްވިކަމަށް ބަލާނީ މަޖިލީހުގެ ޖަލްސާގައި ބަޖެޓް ފާސްކުރުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު