އެޑިއުކޭޝަން މިނިސްޓަރު  އާއިޝަތު އަލީ
އެޑިއުކޭޝަން މިނިސްޓަރު އާއިޝަތު އަލީ
"އެޑިޔުކޭޝަން މިނިސްޓްރީގެ ބިޑު ކޮމިޓީ އުވާލުން، ހުޅުމާލެ ޕްރީސްކޫލާއި ގުޅިފައި،" ވާ ކަމަށް ބުނެ މި ސުރުހީގެ ދަށުން އޮންލައިން ނޫހެއްގައި ލިޔެފައިވާ ޚަބަރަކީ އެއްވެސް ހަގީގަތެއް ނެތް ދޮގު މައުލޫމާތު ތަކެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ޚަބަރެއް ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

މިކަން ކުށްވެރިކޮށް އެޑިޔުކޭޝަން މިނިސްޓްރީން ނެރުނު ނޫސް ބަޔާނެއްގައި ބުނީ އެ ނޫހުގައިވާ ލިޔުމަކީ ސީދާ އެ މިނިސްޓްރީއާ ގުޅުންހުރި ލިޔުމަކަށްވީ ނަމަވެސް މައުލޫމާތުގެ ތެދު ދޮގު އޮޅުން ފިލުވުމަށް އެ މިނިސްޓްރީއަށް ނޫހުން ގުޅާފައި ވެސް ނުވާ ކަމަށެވެ. މިއަހަރުގެ ފެބްރުއަރީ މަހުގެ 18 ވަނަ ދުވަހު މިނިސްޓްރީގެ ބިޑު ކޮމިޓީ އަލުން އެކުލަވާލާފައި ވަނީ ކުރިން މަސައްކަތް ކުރަމުން ދިޔަ ބިޑު ކޮމިޓީގެ ދައުރު ހަމަވެގެން ކަމަށް އެ މިނިސްޓްރީގެ ބަޔާނުގައިވެއެވެ. އަދި އައު ބިޑު ކޮމިޓީ އެކުލަވާލާފައި ވާނީ އެކަމާ ގުޅިގެން ހެދިފައި ހުރި ގަވާއިދާއި އުސޫލުތަކާ އެއްގޮތަށް ކަމަށް މިނިސްޓްރީ އިން ބުނެ އެވެ.

މީގެ އިތުރުން މިނިސްޓްރީން ބުނީ ޚަބަރު ފެތުރުމުގައި ވީހާ ވެސް ޒިންމާދާރުކަން އިސްކޮށް، ސައްހަ މައުލޫމާތު ހިމަނައިގެން ރައްޔިތުންނާ ހަމައަށް ހަބަރު ގެނެސްދިނުމަށް އެދޭ ކަމަށެވެ. އެނޫހުން މިހާރު ވަނީ އެ ޚަބަރު ސައިޓުން ނަގާފައެވެ.


ކިޔުންތެރިންގެ ހިޔާލު


-6

ޟާމިރު

29-Sep-2020

ޢެވަރުނ ވެސް އެކަމާ ހުޅުމާލޭ ޕްރީސްކޫލާ ގުޅުން ނެތެކޭ ވެސް ބުނެލާކަށް ނުކެރުނު.


-6

ޟާމިރު

29-Sep-2020

ޢެވަރުނ ވެސް އެކަމާ ހުޅުމާލޭ ޕްރީސްކޫލާ ގުޅުން ނެތެކޭ ވެސް ބުނެލާކަށް ނުކެރުނު.



ޓްރެންޑިން